March 9, 2026
Advertisement
ފަތުރުވެރިން
ފަތުރުވެރިން / އެމްއެމްޕީއާރްސީ

ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު ދަށަށް!

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 2, 2025, 07:47 PM
މާލެ ސިޓީ

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އެވްރެޖު ސްޓޭ (ހޭދަ ކުރާ މުއްދަތު) 12 ޕަސެންޓު ދަށަށް ހިނގައްޖެއެވެ.

Advertisement

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިދިޔަ މޭ މަހުގެ ނިޔަލަށް ފަތުރުވެރިން އެވްރެޖުކޮށް ރާއްޖޭގައި ހޭދަކުރީ 6.8 ދުވަހު ކަމަށް އެމްއެމްއޭގެ ހިސާބުތައް ދައްކައެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި 7.7 ދުވަސް ހޭދަކޮއްފައި ވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެހެން އަހަރުތަކާއި ބަލާއިރު ބެޑް ނައިޓްސް ވެސް ވަނީ ދަށަށް ގޮސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.1 މިލިއަން ފަތުރުވެރިން އައިސްފައެވެ. އެންމެ ގިނައިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެއީ 141،162 ފަތުރުވެރިންނެވެ.

ރާއްޖޭގައި މި ވަގުތު 64،149 އެނދު ޓޫރިޒަމްގެ ބޭނުމަށް ބޭނުން ކުރަމުން އާދެއެވެ.

އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. އެއީ މާކެޓުގެ 72.4 ޕަސެންޓެވެ. ގެސްޓުހައުސްތަކަށް ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިއިރު، ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ހޮޓާތަކަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved