February 22, 2026
Advertisement
ޕީއެންސީގައި ބޮޑު ރެނދެއް، މެމްބަރުން ކަންތައް ކުރީ ރައީސް މުއިއްޒުގެ އަމުރާ ޚިލާފަށް
ޕީއެންސީގައި ބޮޑު ރެނދެއް، މެމްބަރުން ކަންތައް ކުރީ ރައީސް މުއިއްޒުގެ އަމުރާ ޚިލާފަށް / ތޭރަގްރެފިކްސް

ޕީއެންސީގައި ބޮޑު ރެނދެއް، މެމްބަރުން ކަންތައް ކުރީ ރައީސް މުއިއްޒުގެ އަމުރާ ޚިލާފަށް

Aishath Naja
އައިޝަތު ނަޖާ
May 29, 2024, 12:25 AM
މާލެ ސިޓީ

93 ދާއިރާއަށް ހޮވުނު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ހުވާ ކުރެއްވި އިރު، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވެސް މިވަނީ މަޖިލިސް މެމްބަރުންގެ ވޯޓުން ހޮވާފައެވެ. ޕީއެންސީގެ ޕާލިމަންޓް ގްރޫޕްގައި ތިއްބަވާނެ މެމްބަރުންނާ މަޖިލީހުގެ ރައީސް ކަން އަދި ނައިބު ރައީސް ކަން ކުރައްވާނެ ފަރާތްތައް ކަނޑައަޅައި ނިންމެވީ ވަލީޔުއްލްއަމްރެވެ. އާދެ، ރައީސް ޑރ މުހައްމަދު މުއިއްޒެވެ.

Advertisement

އެގޮތުން ދާދިފަހުން، މުލިޔާގޭގައި ރައީސް މުއިއްޒު ވަނީ މި މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. ޕީޖީ ގްރޫޕްގައި ހިމެނިިވަޑައިގަންނަވާ ފަރާތްތައް ނިންމެވި އިރު، ޕިޖީ ގްރޫޕްގެ ލީޑަރަކީ އިބްރާހިމް ފަލާހެވެ. އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ނަން ރައީސް މުއިއްޒު ވަނީ ހުށަހަޅާފައެވެ. ޑެޕިޔުޓީ ޕީޖީ ލީޑަރުންނަށް މުހައްމަދު އިސްމާއީލް، އަހުމަދު ތޯރިގް އަދި މުހައްމަދު ޝާހިދު ގެ ނަން އިއްވުމުން ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްވެގެންދިޔައެވެ.

މަޖިލީހުގެ ރައީސްކަން ކުރައްވާނީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަމަށާއި ނައިބު ރައީސް ކަން ކުރައްވާނީ އަހުމަދު ނާޒިމްކަމަށް ރައީސް މުއިއްޒު ނިންމެވުމުން އެއްކަލަ ހުރިހާ މެމްބަރުންވެސް އެގޮތައް އޯކޭވިއެވެ. އެދުވަހު އެކަމުގައި ހިތްހަމަ ނުޖެހުނު އެއްވެސް މެމްބަރެއް ނެތީއެވެ. މިއަދު ހަގީގަތުގައި ވަރަށް ކަންކަން ސާފުވެއްޖެއެެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ފަރާތުން މަޖިލީހަށް ހޮވުނީ 73 މެމްބަރުންނެވެ. ނަމަވެސް އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވުނު ދެ މެމްބަރެއް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެހެންކަމުން 20 ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރާ 75 މެމްބަރުން ތިބޭނެއެވެ. މެމްބަރުން ހުވާ ކުރުން ނިންމުމަށްފަހު މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށްޓަކައި ވޯޓުލުން ކުރިޔަށް ގެންދިޔައެވެ. ވޯޓުގައި ޖުމްލަ ބައިވެރިވެވަޑައިގެންފައި ވަނީ 92 މެމްބަރުންނެވެ. ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ. މި ވޯޓުގައި ސިޔާމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ސިޔާމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވޭނީ ވޯޓު އެއްވަރުވާ ހާލަތުގައި އެކަނި ކަމުންނެވެ.

ވޯޓުލައި ނިމުނު އިރު ކަމަކުދާކަށް ނެތެވެ. ޕީއެންސީގައި ރެނދުލައިފިކަން ޔަގީންވެއްޖެއެވެ. މަޖިލިސް ރައީސް ކަމަށް އަދުރޭ އަށް ހޮވުނު ނަމަވެސް އަދުރޭ އަށް ޕީއެންސީ 75 މެމްބަރުންގެ ތެރެއިން ލިބުނީ އެންމެ 71 ވޯޓެވެ. 2 މެމްބަރަކު ބާތިލް ވޯޓު ލައިފައިވާއިރު އަނެއް ދެ މެމްބަރު މިވަނީ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް އަށް ވޯޓުދީފައެވެ. ކުރިޔަށް ގެންދެވުނު ވޯޓަކީ ސިއްރު ވޯޓެއް ކަމީ އެ ދެ މެމްބަރުންގެ ނަސީބޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ރައީސް މުއިއްޒުގެ އަމުރާ ހިލާފްވެ، އިދިކޮޅު ޕާޓީގެ ފަރާތަކަށް ވޯޓުދިނީ ކޮން ދެ މެމްބަރެއްކަން ފަޅައި އަރާ ދުވަހަކުން ކުޅި ސަމާ ބަލަން ހާދަ ބަޔަކު ތިބޭނެތާއެވެ. ސަރުކާރު ހިންގާ މައި ޕާޓީގައި މިއޮތީ ދުރާއި ގާތުން ވެސް ރެނދު ލައިފައެވެ. ހަގީގަތަކީ ހުރިހާ މެމްބަރުން އަދުރޭ މަޖިލިސް ރައީސް ގެ ގޮތުގައި ބަލައިގަންނަން ބޭނުން ނުވާކަމެވެ. އަދުރޭ ފަދަ ނާގާބިލް، އެއްވެސް އަހުލާގެއް ނެތް މީހަކު މަޖިލީހުގެ ރައީސް ކަމުގައި އިންނަވާ ރިޔާސަތު ބަލަހައްޓާފައިވާއިރު ގިނަ ބަޔަކަށް މިއަދު މިއީ ބަރުލަމާނީ ހަޔާތުގައި ބަނަ، ކަޅު އަނދިރި ދުވަހެކެވެ.

ކޮމެންޓު
ކޮމެންޓްތައު
ގަމާރު
May 29, 2024, 04:26 PM
ކޮމެންޓް ލިބިއްޖެއޭ ބުނެފައި، ދެން ލިޔެފައި އެއޮތީ "ޝާއިއު ކުރުމަށްފަހު ޕަބްލިޝްކުރެވޭނެ" އޭ. ޝާއިއުކުރުމާއި ޕަބްލިޝްކުރުމަކީ ދެ ކަމެއްތަ؟
ައަބުއްﷲރަޝީދު
May 29, 2024, 01:15 PM
އަދުރޭ ބަރާބަރު ވައްކަންކުރަން ނަހީކުރެއްވި ނަޖިސްތަކެތި ވިދާޅުވާން މިއޮއްތާލީމީޒަމާނުގަ ޤާނޫނު ހަދާ މަޖިލިސް ރައީސްކަމައް އަދުދޭވަރެއް ނެތެއްނޫންތޯ އަޙްލާގީގޮތުން ބަސްއަހާނެ ހަޔާތްގޮވަންއެއްވަނަވާނެ އަދުރޭވަރެއްނެތެއްނޫންތޯ؟ އެވެސްޑޮކްޓަރެއް.ބާޒާރުމަތީ މުއިއްޒުގެ އަގައިގަނެތޭއެއްވެސްހަޔާތެއް ހުސްދޮގު
Ahmed
May 29, 2024, 11:08 AM
ކަންކަން ހަޖަމު ނުވާ ގުރޫޕެއްވެސް އޮންނަންވާނެ އެއީ އިތުރު ކުރިއެރުމެއް އެކަމަކު ފިތުނަ އުފައްދާ ތަންތަން ފަސާދަ ކުރަން އުޅުމަކީ ހިތާމަހުރިކަންކަން
ކަށިކެޔޮ
May 29, 2024, 03:18 AM
އިދިކޮޅަށް ވޯޓުދިނީ ޕނސ އަށް ފަހުން ޖޮއިންކުރި 2 މެންބަރުން އެކަން ރައީސް މުއިޒަށް އެނގޭ. މީގެންވެސް ދޭހަވީ ރައީސް މުއިއްޒު ޑިމޮކްރަސީއަށް ހޭލެވިފައިވާ މިންވަރު.
Seema
May 29, 2024, 01:17 AM
Meege kirinves thibunaafadha akhlaageh neiy laadheenee Anni ves vanee thibunee majleehuge raeeskan koffa, adhi nimi dhoya rayyithunge majleehuga thibunaa akhalaageh huri evves m eheh neiy member kan ves koffa, ehenveema channel13 in viyas maareethi vaahakaeh noon thidhakkany, heyo mi comment nujehiyas
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved