March 10, 2026
Advertisement
ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / -

ޕީއެންސީ ޕީޖީ ލީޑަރަށް އިޒްރޭލު ޕާސްޕޯޓު މައްސަލައިގައި ކުރި ސުވާލަށް ޖަވާބު ނުދެއްވުނު!

Mariyam Isaadha
މަރިޔަމް އިސާދާ
May 28, 2024, 11:18 PM
މާލެ ސިޓީ

އަންގާރަ ދުވަހު ހުވަކުރެއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާ ޕާޓީ އަދި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ލީޑަރު އަދި އިނގުރައިދޭ ދާއިރާގެ މެމްނަރު އިބްރާހިމު ފަލާހުއާ އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ނުދެއްވުނުކަން ހާމަވެއްޖެއެވެ.

Advertisement

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރެއްވުމަށް ފަހު ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީ އިންވަނީ ޕީޖީ ގްރޫޕުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ނިމިދިޔަ ދައުރުގައި މަޖިޅިހުގެ ފަރާތުން ވަނީ އިޒްރޭލު ޕާސްޕޯޓު ބޭން ކުރަން ގަރާރެއް ފާސްކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ކަމުގައިވީ ނަމަވެސް އަދިވެސް އެ ގަރާރު ފާސްނުކުރާކަން ފާހަގަކޮށްފައެވެ.

އެހެންކަމުން އެ ގަރާރުގެ ބަދަލުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން މި މަޖިލީހުން އައު ގަރާރެއް ނުވަތަ ބިލެއް ހުށަހަޅާނެ ތޯ ނުވަތަ ނޫންތޯ ނޫސްވެރިޔާ އެހީ ސުވާލަށް ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓުގެ މައްސަލައިގެ އެއްވެސް މައުލޫމާތެއް އޭނާއަށް އެނގިފައިނުވާ ކަމަށާ އެހެންކަމުން އެ ސުވާލަށް ޖަވާބު ދެވެން ނެތް ކަމަށެވެ.

އިޒްރޭލުގެ މައްސަލާގައި ހަމަ ދަންނަވާލަން، އެކަމަކީ އަދި އަޅުގަނޑުމެން އެކަމުގެ މާބޮޑު މައުލޫމާތުތަކެއް ރައްޔިތުންގެ މަޖިލީހަށް އިނގިފައިވާ ކަމަކަށް ނުވާތީ، އެކަމުގައި އަޅުގަނޑުމެންނަށް މިވަގުތު ތި ސުވާލުގެ ޖަވާބުގަ މާބޮޑު އެއްޗެއް ދެންނެވޭކަށް ނެތް

ފަލާހު

ފަލާހުގެ މި ޖަވާބާ އެކު ގިނަ ބަޔަކު ގެންދަނި ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެގޮތުން 19 ވަނަ މަޖިލީހުން ކޮށްފައި ހުރި މުހިއްމު މަސައްކަތްތަކުގައި ތެރޭގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ގަރާރު ހިމެނޭއިރު އެފަދަ މުހިއްމުކަމެއްގެ މައުލޫމާތު ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ލީޑަރަށް އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް ނޭނގުމަކީ ޕީއެންސީ ސަރުކާރުން މުހިއްމު ކަންކަމާ މެދު ފަރުވާ ނުބަހައްޓާ މިންވަރު ހާމަވާކަމެއް ކަމަށް ބުނެ މީސް މީޑިޔާގައި ގެންދަނީ ފާޑުކިޔުމާ ނުރުހުން އަމާޒުކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved