February 28, 2026
Advertisement
މުޒާހަރާގެ ބައިވެރިއަކު ގަދަކަމުން އޭސީސީން ނެރުމަށް ފުލުހުން މަސައްކަތް ކުރަނީ
މުޒާހަރާގެ ބައިވެރިއަކު ގަދަކަމުން އޭސީސީން ނެރުމަށް ފުލުހުން މަސައްކަތް ކުރަނީ / އަދަދު

ފްލެޓު ދޭނެ ތާރީޚެއް ހޯދަން ގޮސް އިހުތިޖާޖުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 19, 2024, 03:20 PM
މާލެ ސިޓީ

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރެއިން ކަމަށް ބުނެ ރިޔާސީ އިންތިހާބާ ދިމާކޮށް ބަހާލި ފްލެޓުތައް ދޭނެ ތާރީހެއް ހޯދަން ގޮސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އިހުތިޖާޖުކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖު ކުރީ ފްލެޓު ލިބުނު ކަމަށް ކުރީ ސަރުކާރުނ ްގެޒެޓުކޮށްފައި ވާ ލިސްޓުގައި ތިބި ފްލެޓުވެރިންނެވެ.

އެމީހުން އިހުތިޖާޖު ކުރީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި ފްލެޓު ދޫކުރާނެ ތާރީޚެއް އޮޅުން ފިލުވަން ދިއުމުން މެންދުރުން އަނބުރާ 2:30 ވެގެން ދިޔައިރުވެސް ޖަވާބެއް ނުދިނުމުން ކަމަށް ފްލެޓު އިހުތިޖާޖުގެ ބައިވެރިއަކު އޮންލައިން މީޑިޔާއަކަށް މައުލޫމާތު ދީފައިވެއެވެ.

އިހުތިޖާޖުގެ ބައިވެރިން އޭސީސީއިން ނެރެފައި ވަނީ ރަޔަޓު ގިޔަރުގައި ފުލުހުން އައިސް ކަން ހާމަވެފައިވެއެވެ.

އޭސީސީއަށް ދިޔަ 30 ވަރަކަށް މީހުންގެ ތެރެއިން ގިނައީ އަންހެނުންނެވެ. ފުލުހުން އެމީހުން ބޭރު ކުރަން އުޅުނު ވަގުތު ދެ މީހަކަށް ހާނީއްކަވި ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައިނުވެއެވެ.

އޭސީސީން ފްލެޓުތަކުގެ މައްސަލަ ބަލަމުންދާއިރު، މީގެ ކުރިން މުޒާހަރާގެ ބައިވެރިން އެ އޮފީހަށް ދިޔުމުން ދެ ހަފުތާގެ ތެރޭގައި ފްލެޓާއި ގޯތީގެ ރަޖިސްޓްރީ ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެެވެ. ނަމަވެސް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާ ސަބަބަކީ އޭސީސީއިން މައްސަލަ ބަލަމުންދާތީ ކަމަށެވެ.

އޭސީސީއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މައްސަލައިގެ 96 އިން ސައްތަ ވަނީ ބަލާނިމިފައެވެ. އެހެންކަމުން ބާކީ 4 އިން ސައްތަ ބަލާނިމޭނެ އިރެއް ފްލެޓުވެރިންނަށް ހާމަކޮށް ދިނުމަށް ގޮވާލަމުންދާއިރު އޭސީސީއިން އެކަން ކޮށްފައިނުވެއެވެ.

ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރި ފްލެޓާއި ގޯތިތައް ދޫކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެކަން ނުވެ ދިގު ދެމިގެން ދާތީ ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ސަރުކާރަށް ވަނީ ގެއްލިފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved