April 17, 2026
Advertisement
އިސްލާމިކު މކިނިސްޓަރު، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު
އިސްލާމިކު މކިނިސްޓަރު، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު / ސޯޝަލް މީޑިއާ

އިސްލާމިކް މިނިސްޓަރު ފުރަތަމަ ހައްޖަށް ފުރާ ހައްޖާޖީންނާއި ބައްދަލުކުރައްވައިފި

Aishath Alaina
އައިޝަތު އަލައިނާ
May 30, 2024, 07:22 PM
މާލެ ސިޓީ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ފުރަތަމަ ފުލައިޓުގައި ޙައްޖަށް ފުރާ ވަޑައިގަންނަވާ ޙަޖީންނަށް ބޭއްވި ޖަލްސާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިިފިއެވެ.

Advertisement

ޙަޖީންނަށް ބޭއްވި ޖަލްސާގައި ވަޒީރު ވިދާޅުވީ، ހައްޖުގެ އަޅުކަމުގެ ތެރެއިން އެއްވެސް ދެއްކުންތެރިކަމެއް ގެންގުޅެގެން ނުވާނެކަމަށެވެ.

މި އަޅުކަން އަދާކުރުމުގައި އިޚްލާސްތެރިކަމާއި އެކު ރަސޫލާގެ އިރުޝާދާއި އެއްގޮތައް އަޅުކަން ކުރުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައިއެވެ. އަދި އެހެން މީހުންގެ އަމަލުތަކަށް ބައްލަވައިގެން އަޅުކަން ނުކުރުމާއި ދީނުގައި އަންގަވާފައި އޮންނަގޮތަށް އަޅުކަން ކުރުމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައިއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ މަތިވެރިކަން ހަނދުމަ ބަހައްޓައިގެން އަޅުކަން އަދާކުރުމަށް އިލްތިމާސްކުރައްވާ ވަޒީރު ވިދާޅުވީ މި ދަތުރުގެ ބޭނުން ފުރިހަމަގޮތުގައި ހިތްޕެވުމަށް ހައްޖާޖީންނަށް އިލްތިމާސްކުރައްވާފައިއެވެ.

ދަތުރުގައި އުޅޭ އިރު އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަކީ ވަރަށް މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ އެންމެހާ ހައްޖާޖީންނަށް ކާމިޔާބު ހައްޖުގެ އަޅުކަމުގެ ދަތުރަކަށް އެދިވަޑައިގެންފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved