April 14, 2026
Advertisement
ކުރީގެ ސީޕީ ހުސެއިން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ކުރީގެ ސީޕީ ހުސެއިން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ

މާނަލަ މާލެ ސިޓީ ޓީމުން ގެނެސްދޭނީ ރައީސް ޔާމީންގެ ހޯޕް: ހުސެއިން

Fathmath Reem
ފާތުމަތު ރީމް
Jan 5, 2024, 04:58 PM

މާނަލަ މާލެސިޓީއިން ރައްޔިތުންނަށް ދެނީ އުންމީދާ ރައީސް އަބްދުﷲ ޔާމިންގެ ހޯޕް ކަމަށް ރައީސް ޔާމިންގެ ތާއީދާއެކު މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ޕީއެމްއެފް އޮހީހުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހުސެއިން ވިދާޅުވީ އެބޭފުޅުންގެ ޓީމު ނިކުންނަނީ ރައީސް ޔާމީންގެ ހޯޕު ރައްޔިތުންނަނާ ހަމައަށް ފޯރުކޮށް ދިނުމަށް ކަމަށެވެ. އެގޮތުން މާލެ ސިޓީގައި ހުރި މައްސަލަތަކަށް ހައްލު އެ ހޯޕުއިން ހޯދޭނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ހުސެއިން ވިދާޅުވީ ރިޔާސީ އިންތިހާބަށް ރައްޔިތުން ވޯޓުލީ އެންމެ ކަމެއްގެ އުންމީދުގައި ކަމަށާއި އެއީ ރައީސް ޔާމިން މިނިވަން ކުރޭތޯ ކަމަށެވެ. ސަބަބަކީ އެބޭފުޅުން އެންމެ އެދޭ މިސްރާބުގައި ކަންކަން ބައްޓަން ކުރެވިގެން ދާނީ އެމަނިކުފާނު މިނިވަން ވެގެން ކަމަށް ވާތީކަމަށެވެ.

އެހެން ނަމަވެސް ފެނިގެން މި ދިޔައީ 21 ވަނަ ގަރުނުގައި މިހާތަނަށް ނުފެންނާނެ ވަރުގެ ޖައްބާރު ވެރިކަމެއް ކަމަށް ވެސް ހުސެއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved