

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ ދިވެހި ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ އިންޑިއާއަށް ފޮނުވާލެއްވުމަށް ފެއްޓެވި "އިންޑިއާ އައުޓު" ކެމްޕޭނިން ހިތްވަރު ލިބިގެން ބަންގްލަދޭޝްގައި ވެސް އިންޑިއާ އާއި ދެކޮޅަށް މި ކެމްޕޭން ފަށައިފިއެވެ.
ބަންގްލަދޭޝްގައި މި ކެމްޕޭން ކުރިއަށް ގެންދަނީ، އެ ގައުމުގެ ކުރީގެ ރައީސް ޒިއާއުއް ރަހްމާންގެ އުފެއްދެވި އަދި މިހާރު އިދިކޮޅުގައި އޮތް ބަންގްލަދޭޝް ނެޝަނަލިސްޓު ޕާޓީ- ބީއެންޕީއިންނެވެ. މައުލޫމާތު ލިބޭގޮތުގައި އެ ގައުމުގައިމި ކްމްޕޭނު ފަށާފައިވަނީ ބީއެންޕީގެ ޒިޔާއުއް ރަހްމާންގެ ދަރިކަލުން ތާރިގު ރަހްމާންއާއި އެ ޕާޓިގެ ޗެއާމޭން ތާރިގު ރަހުމާންއެވެ.
މި ހަރަކާތްތަކަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާގެ މީޑިއާތަކުން ބުފެފައު ވަނީ މިއީ އެ ޕާޓިއިން ނިމިދިޔަ އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއިން އަރައިގަތުމަށް ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބަންގުލަދޭޝްގެ އިދިކޮޅުން ފަށާފައިވާ ހަރަކާތުގެ ތެރެއިން، ބީއެންޕީގައި ހަރަކާތްތެރިވާ މަޝްހޫރު ތަރިން ދަނީ އެމީހުންގެ މީސްމީޑިއާގައި އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލަމުންނެވެ.
ބީއެންޕީއިން ބަންގްލަދޭޝްގައި ވެރިކަން ކުރި އިރު އެ ޕާޓީއިން ވަނީ ޕާކިސްތާނާއި ވަރަށްބޮޑަށް ގުޅުން ބަދަހިކޮށްފައިކަމަށް އިންޑިއާއިން ދަނީ ބުނަމުންނެވެ.
ބީއެެންޕީގެ އެކްޓިވިސްޓުން ދަނީ އިންޑިއާގެ މީހުންނަކީ ހިންދޫ ހަރުކަށި ފިކުރުގެ މީހުންގެ 'ހޮޓްސްޕޮޓް' ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ގައުމަށް ފާޑު ކިޔުންތައް އަމާޒުކުރަމުންނެވެ.