ހިތަދޫ ދެކުނު ދާއިރާ މެމްބަރު ނާޒިލް / -
ހަބަރު
އައްޑޫއަށް ސާފު ބޯފެން ނުލިބޭތީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި
Mariyam Isaadha
މަރިޔަމް އިސާދާ
03 ޖޫން 2024
މާލެ ސިޓީ

އައްޑޫ ސިޓީއަށް ސާފު ބޯފެން ނުލިބޭތީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާ މެމްބަރު އިބްރާޙިމު ނާޒިލްއެވެ.

ނާޒިލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ މިދިޔަ އޭޕްރިލްމަހުގެ ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ބޯފެން ލިބުމުގައި ދަތިވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށްް ބުރޫއަރާ ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ކުރިމަތުވަމުން އަންނަކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ޒިންމާވަނީ ކޮންބައެއްކަން ނޭގޭކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

" ފެނަކައިން މި މައްސަލަ ހައްލުކުރުމަށް ނުކުޅެދިފައިވާތީ އާ މި މައްސަލާގައި ޒިންމާވާ ފަަރާތަކީ ކޮބައިކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް ނޭގޭތީވެ. އައްޑޫ ސިޓީ ރައްޔިތުން މިހާރު ތަހައްމަލުކުރަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ ، ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހިދުމަތްތަކުގެ ތެރޭގައިވާ ސާފު ފެން ފޯރުކޮށްދިމުނުގައި ދިމާވެފައިވާ މައްސަލައަށް ވަގުތުން ވަގުތަށް ހައްލު ހޯދާދިިނުމަށް ސަރުކާރަސް ގޮވާލަން." ނާޒިލް ހުށައެޅި ކުއްލި މައްސަލާގައިވެެއެވެ.

ކުއްލި މައްސަލަ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބަލައިގެންފައެވެ.

މި މައްސަލަ ބަލައިގަތުމަށް 83 މެމްބަރުން ވޯޓު ދިންއިރު ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެއެވެ. މިހާރު ކުރިޔަށްދަނީ ކުއްލި މައްސަލައިގެ ބަހުސެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ނިމުމުން ކަމަށް ފެނަކައިން މީގެކުރިން ވަނީ ބުނެފައެވެ.

އެ މަޝްރޫއު އެޕްރިލް 2024، ގައި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާއިރު، ނިންމަން ކަނޑައަޅާފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ. މަޝްރޫއަށް 282 މިލިއަން ރުފިޔާ ހަރަދުވެއެވެ.

އައްޑޫގެ ކަރަންޓާއި ފެނުގެ ހިދުމަތް އޮތީ ނިކަމެތި ހާލަތެއްގައި ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން, ބޭނުންވާ ވަރަށް ފެން ފޯރުކޮށްނުދެވޭތީ ރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved