March 19, 2026
Advertisement
ރިޔާސަތު ބަލަހައްޓާނެ 5 މެމްބަރުން
ރިޔާސަތު ބަލަހައްޓާނެ 5 މެމްބަރުން / ތޭރަ އޮންލައިން

އައު މަޖިލިހުގައި ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ކަނޑައަޅައިފި

Aishath Naja
އައިޝަތު ނަޖާ
Jun 4, 2024, 07:50 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވާނެ އައު މެމްބަރުން މިއަދު ކަނޑައަޅައިފި އެވެ.

Advertisement

މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ 5 މެމްބަރުންނަކީ:

1- މީދޫ ދާއިރާގެ މެމްބަރު : އަހުމަދު ސިޔާމް މުހައްމަދު
2- މާމިގިލި ދާއިރާގެ މެމްބަރު : ގާސިމް އިބްރާހިމް
3- އޭދަފުށީ ދާއިރާގެ މެމްބަރު : އަހުމަދު ސަލީމް
4- ހަނިމާދޫ ދާއިރާގެ މެމްބަރު : އަބްދުލްޣަފޫރު މޫސާ
5- މަހިބަދޫ ދާއިރާގެ މެމްބަރު : އަހުމަދު ތޯރިގް (ޓޮމް)

އެގޮތުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޖުމްލަ ފަސް މެމްބަރުންނެވެ.

އަދި އެ މެމްބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ މެމްބަރުންގެ، މެމްބަރުކަމުގެ މުއްދަތަށް އިސްކަން ދީގެން ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

އަދި ދެ މެމްބަރެއްގެ މުއްދަތު ހަމަހަމަވެއްޖެ ނަމަ، އެފަދަ މެމްބަރުން ތަރުތީބު ކުރާނީ މެމްބަރުންގެ އުމުރުގެ ދޮށި ކަމަށް އިސްކަން ދީގެން ކަމަށް މަޖިލިހުގެ ގަވައިދުގައިވެއެވެ.

މި މިންގަނޑުތަކަށް ބެލުމަށްފަހު މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެމްބަރުންގެ ނަން މަޖިލިހުން މިއަދު ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved