March 23, 2026
Advertisement
ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭ މަޝްވަރާ  ބައްދަލުވުން
ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭ މަޝްވަރާ ބައްދަލުވުން / ސޯޝަލް މީޑިއާ

ރާއްޖެ-އިންޑިއާ މަޝްވަރާގެ ދެވަނަ ބުރު އޮންނާނީ އިންޑިއާގައި

Faina Faiz
ފައިނާ ފާއިޒް
Jan 20, 2024, 08:03 PM
މާލެ ސިޓީ

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ އިންޑިއާށް ފޮނުވުމަށް އިންޑިއާ އާއި ރާއްޖެއާއި ދެމެދު އެކުލަވާލެވިފައިވާ ކޯ ގްރޫޕްގެ މަޝްވަރާ ބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައިކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

Advertisement

މި މަޝްވަރާ ބައްދަލުވުންތައް ފަށާފައި ވަނީ ޖެނުއަރީ 14 ވަނަ ދުވަހު ރާއްޖޭގައިއެވެ. އަދި ބައްދަލުވުމުގައި ބައިވެރި ވެފައިވަނީ ދުބާއީގައި ބޭއްވުނު ކޮޕް28 ސަމިޓުގައި ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި އިއުލާނުކުރެއްވި ކޯ-ގްރޫޕުންނެވެ.

ރާއްޖޭގެ ސަރުކާރުން ވަނީ މާޗު 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެނދިޔުމަށް އެދިފައިއެވެ.

އިންޑިއާއިން މިކަމާ މެދު އެއްބަސްވިކަމަށް ބުނެފައި ނުވި ނަމަވެސް ރާއްޖޭގެ ސަރުކާރުން ބުނެފައިވާގޮތުގައި އިންޑިއާގެ ސަރުކާރުން ވަނީ އެ ސިފައިން އަނބުރާ ގައުމަށް ގެންދިޔުމަށް އެއްބަސް ވެފައިކަމަށެވެ.

ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން އޮންނާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި އިންޑިއާއިން ވަނީ އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސް ވެފައިވާކަމަށް ބުނެފައިއެވެ. ނަމަވެސް އިންޑިއާއިން މިކަމާމެދު ވަކި އެއްޗެއް ބުނެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved