ފުވައްމުލަކުގައި ޑައިވްކޮށް ނިންމާލިތަނާ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
މިހާދިސާގައި މަރުވީ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިޔެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ ޑައިވިންއަށް ދިޔައީ އެރަށުގައި ހިންގާ ޑައިވް ސެންޓަރަކާ ގުޅިގެން ކަމަށެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ގެނބިގެން އަދި ޑައިވްކުރުމުގެ ތެރޭގައި މަރުވާ އަދަދު އިތުރެވެ. އަދި މިގޮތަށް މަރުވާ މީހުންގެ ތެރޭގައި ޗައިނާގެ ފަތުރުވެރިން ގިނަ އެވެ.