ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ނުހިންގާތީ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.
މިދިޔަ އާދިއްތަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ކުރިމިނަލް ކޯޓަށް ފެންވަދެ ޝަރީއަތްތައް ކުރިއަށް ނުގެންދެވޭ ވަރަށް ވަނީ ގެއްލުންތައް ލިބިފައެވެ. އަދި މިކަމާ ގުޅިގެން ޕީޖީ ޝަމީމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މިމައްސަލަ ހައްލުކޮށްދެއްވައި ކޯޓުގެ މަސައްކަތްތައް ބާރު ސުޕީޑެއްގައި ކުރިއަށް ގެންދެވޭނޭ ވަސީލަތްތައް ހަމަޖައްސަވައި ދެއްވުމަކީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއްކަމަށް ޕީޖީ ފާހަގަކޮށްފައިވެ އެވެ. އަދި މި ޒިންމާ އަދާކޮށްދެއްވައި ކޯޓުގެ ވަސީލަތްތައް ކޮށްދިނުމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އިލްތިމާސްއެއް ކަމަށްވެސް ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އެހީތެރިކަމާއެކު ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީއަތްތައް ހިންގަނީ ހަފްތާއަކު އެއް ދުވަހުއެވެ.
އެހެންކަމުން އެ ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނޭ އިންތިޒާމު ހަމަޖެހިފައިހުރި ކަމަށާއި އެމައްސަލަތައް ބާރު ސުޕީޑެެއްގައި ކުރިއަށް ގެންދިއުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ރާއްޖެއަށް ކުރި ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ އިމާރާތަށްވެސް ގެއްލުންތަކެއް ލިބިފައިވާއިރު ކޯޓުގެ ގާޒީން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް މިހާރު ހުރީ އެންމެ ކޯޓު ރޫމެއް ކަމަށް އެ ކޯޓުން ވަނީ މީޑިއާތަކަށް މައުލޫމާތުދީފައެވެ.