March 10, 2026
Advertisement
މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން / -

މަގާމުގައި ނެތީސް ޝަމީމު މަގާމުން ވަކިކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 23, 2024, 03:53 AM
މާލެ ސިޓީ

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދީފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުން އެ މަގާމުން އޭނާ ވަކިކޮށްފިއެވެ.

Advertisement

ދައުރުގެ ފަހު ޖަލްސާ މިރެއަށް ތާވަލްކޮށް މަޖިލީހުން ވަނީ ޝަމީމު މަގާމުން ވަކިކޮށްފައެވެ. އެގޮތުން ޖަލްސާގައި އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ޝަމީމް އިސްތިއުފާ ދެއްވިކަމަށް ވިދާޅުވި ނަމަވެސް، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވޯޓު ނެންގެވުމާ ހަމައަށް ވެސް ތަކުރާރުކޮށް ވިދާޅުވީ އިސްތިއުފާގެ ސިޓީ ލިބުނުކަން ރައީސް އޮފީހުން މަޖިލީހަށް ކަށަވަރު ކޮށްދީފައި ނުވާ ކަމަށެވެ.

މިރޭ 9:00 ޖެހިއިރު މަޖިލިސް ޖަލްސާ ފެށިއިރުވެސް ޝަމީމު ވަނީ ޕީޖީގެ މަގާމުން އިސްތިއުފާ ދީފައެވެ.

ޝަމީމްގެ އިސްތިއުފާ ސިޓީގައި ވަނީ މައްސަލަ ދިރާސާކޮށް، އެ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށްޓަކައި، މިއަދު ތާވަލު ކުރި އެ ކޮމިޓީގެ 19 ވަނަ ބައްދަލުވުން އާންމުކޮށް ހުޅުވާލައިގެން ބާއްވައި ދެއްވުމަށް ތަކުރާރުކޮށް އެދިފައިވަނިކޮށް މަޖިލީހުގެ ގަވާއިދުގައި ކޮމިޓީގެ ޖަލްސާތައް ސިއްރުކުރުމާބެހޭ ގޮތުން ހުރި އިޖުރާއަތުތަކާ ހިލާފަށް، އެ ކޮމިޓީގެ ޖަލްސާތައް ގެންދަވާފައިވާ ކަމަށްވެއެވެ.

މައްސަލައިގައި ޖަވާބުދާރީވުމަށް މިއަދު ޖުޑީޝަރީ ކޮމެޓީއަށް ވަޑައިގެން ޝަމީމް ވިދާޅުވީ އިތުބާރު ނެތްކަމަށް ބުނެ އެ ކޮމެޓީން ބަލަމުންދާ މައްސަލައަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ބެލި މައްސަލައެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved