March 11, 2026
Advertisement
މޭޔާ އާއި ބައްދަލުކުރުން
މޭޔާ އާއި ބައްދަލުކުރުން / ސޯޝަލް މީޑިއާ

ސަރުކާރުން މަސައްކަތް ކުރިއަށް ނުގެންދާތީ ކައުންސިލަށް ޝަކުވާ!

Aishath Alaina
އައިޝަތު އަލައިނާ
Jun 7, 2024, 07:47 PM
މާލެ ސިޓީ

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އެކި މަސައްކަތް ކުރިއަށް ނުގެންދާތީ މާލެ ސިޓީ ކައުންސިލަރާއި ބައްދަލުކޮށްފިއެވެ.

Advertisement

މާލޭ ރަށްވެހިންގެ ޖަމިއްޔާއިން މާލެ ސިޓީ ކައުންސިލަރާއި ބައްދަލުކޮށްފަައި ވަނީ ސަރުކާރުން ބިން ހިއްކުމުގެ މަސައްކަތާއި، ފްލެޓް ކޮމިޓީގެ މަސައްކަތް ކުރިއަށް ނުގެންދާތި އެކަމުގެ ޝަކުވާއާ އެކުއެވެ.

މީގެ އިތުރުން، މަޖިލިސް ތަޅުމުގައި ބައެއް މެންބަރުން މާލެރަށްވެހިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ބީދައަކުން ވާހަކަ ދައްކަވާތީ މާލޭ ރަށްވެހިންގެ ޖަމިއްޔާއިން ވަނީ ކައުންސިލަރާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފައިއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ވަނީ ބާރު ދުވެލީގައި މި މަސައްކަތްތައް ނިންމާދޭނޭކަމުގެ ޔަގީންކަން ރައްޔިތުންނަށްދެއްވާފައިއެވެ. އެހެންނަމަވެސް އަދި މިހާތަނަށް މި މަސައްކަތް ކުރިއަށްދާތަން ފެނިފައި ނުވާކަމާއި މެދު ރައްޔިތުންވެސް އަދި މިފަދަ ޖަމިއްޔާތަކުންވެސް އަންނަނީ ކަންބޮޑުވުން ފާހަގަކުރަމުންނެވެ.

މަސައްކަތް ފެށިފައިވާ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަކީވެސް ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved