March 11, 2026
Advertisement
މަލީހް ޖަމާލް ވާހަކަ ދައްކަނީ
މަލީހް ޖަމާލް ވާހަކަ ދައްކަނީ / ސޯޝަލް މީޑިއާ

އަދުރޭގެ މަކަރާއި ހީލަތް ތާއަބަދު ފަސްއަޅާ ނުފޮރުވޭނެ: މަލީހު

Aishath Alaina
އައިޝަތު އަލައިނާ
Jun 8, 2024, 06:48 PM
މާލެ ސިޓީ

އަދުރޭގެ މަކަރާއި ހީލަތް ތާއަބަދު ފަސްއަޅާ ނުފޮރުވޭނެކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ނިސްބަތްކުރައްވާ އެކްސްގައި މަލީހު ކުރެއްވި ޕޯސްޓެއްގައިއެވެ.

މަލީހު ވިދާޅުވީ އަދުރޭ ނަފްސު އޮޅުވާލައިގެން އުޅުއްވިޔަސް އެމަނިކުފާނު އެހުންނެވީ ބޮޑު މާސިންގާ އަމާނާތަކަށް ހިޔާނާތްތެރިވެގެންކަމަށެވެ.

އެހެންކަމުން ކޮންމެ ސިކުންތަކު އެމަނިކުފާނުގެ ސިނކުޑި ނަފްސަަށް އެކަން ހަނދާންކޮށްދޭނެކަމަށްވެސް މަލީހު ވިދާޅުވިއެވެ.

އަދުރޭ އެ ހުންނެވީ ޕީޕީއެމްއަށް ޚިޔާނާތްތެރިވެ އެ ޕާޓީ ފޭރިގަތުމަށްފަހު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ދޯކާ ދެއްވާފައިކަން މިހާރުގެ ޕީއެންއެފްގެ މެމްބަރުން އަންނަނީ ހަނދުމައަރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved