ސަރުކާރެއް ހިންގުމަށް ސިވިލް ސަރވިސް އިން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި ސީއެސްސީގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސިވިލް ސަރވިސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސިވިލް ސަރވިސް އަކީ އޭރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާދޭން މަސައްކަތް ކުރާ ބައެއް ކަމަށް ހުސައިން ވިދާޅުވިއެވެ.
ސިވިލް ސަރވިސް އަކީ ވައުދުތައް ފުއްދާދިނުމަށް މަސައްކަތް ކުރާ ބަޔަކަށް ވީހިނދު، މި ފަރާތްތަކުން ކުރާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަން ނައިބު ރައީސަށްވެސް ކުރެވޭބާއޭ ސުވާލުއުފެދެއެވެ.
ސިވިލް ސަރވިސް އަކީ މި ގައުމުގައި އެންމެ ނިކަމެތިކޮށްފައިވާ އެއް ދާއިރާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުރާ މަސައްކަތާއި ލިބ އުޖޫރަ އާއި ނުބައްދަލު ވާހަކައަކީ މި ފަރާތްތަކުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެވެ. މިފަދަ ކޮންފެރެންސް އެއްގައި ވާހަކަދައްކަވަމުން ސީއެސްސީގެ މުވައްޒިފުންނަކީ ހަމައެކަނި ސިޔާސީ ވައުދުތައް ފުއްދުމަށް ތިބި ބަޔެކޭ ބުނުމަކީ އެ ފަރާތްތަކަށް ކޮށްލި މަލާމާތެއްކަމަށް މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ދަނީ ބުނަމުންނެވެ.
ތަކެތީގެ އަގު ބޮޑުވެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ ޒަމާނެއްގައި މާސްޓަރސް ނުވަތަ ޕީއެޗްޑީ ހަދައިގެންވެސް ލިބެމުންދަނީ ކުޑަ ކުޑަ މުސާރަ ކޮޅެކެވެ. މި ދާއިރާގައި މީހުން ހަރުނުލާ މައިގަނޑު އެއް ސަބަބަކީ މިއީ ކަންވެސް ނައިބު ރައީސަށް އެގިނުލައްވައެވެ.
2000 މައްޗަށް ސިޔާސީ މަގާމުތައް އުފައްދަވައި 30000 ހާހުން މައްޗަށް މުސާރަ ދެވޭއިރު، ސިޔާސީ ވައުދުތައް ފުއްދުމަށް ތިބި މީހުންގެ އަގު ވަޒަންކުރުން މާ އައުލާކަން ބޮޑެއް ނޫންތޯއެވެ.