theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
އެލަވަންސާ އެކު ވެސް ލީގަލް އޮފިސަރުންގެ މުސާރަ ކުޑަ!
20 ޖެނުއަރީ 2026
މާލެ ސިޓީ

ލީގަލް އޮފިސަރުންގެ މުސާރަ އެލަވަންސްތައް އެއްކުރުމުން ވެސް ކުރިއަށް ވުރެ ކުޑަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މުސާރަ ބޮޑުނުވެ ތިބި މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެ ކަމަށް ކުރިން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް ނޭޝަނަލް ޕޭ ކޮމިޝަން އަދި ސިވިލް ސާވިސްއިން ލީގަލް އޮފިސަރުންގެ މުސާރައާއި އިނާޔަތައް އުނިކަން އައިސްފައިވާ މައްސަލަ ހައްލެއް ނުކުރެވޭ ކަމަށާ ރައީސް ވިދާޅުވާ އެއްޗަކާ އަމަލާ ދިމާ ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޗެނަލް13 އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޭ ހާމަނައިޒްކުރުމުގެ ނަމުގައި 01 ނޮވެންބަރު 2025 ގައި ކައުންސިލްތަކާއި މިނިސްޓްރީތަކާއި އެހެނިހެން އިދާރާތަކުގެ ލީގަލް އޮފިސަރުން ހިޖުރަކުރުވީ ޕަބްލިކް ޕޭ ފްރޭމް ވާރކްގެ ލީގަލް ޕްރޮފެޝަނަލުންގެ ޕަބްލިކް ސާވިސް ރޭންކް 7 އަށެވެ.

ނަމަވެސް 01 ނޮވެންބަރު 2025 ގެ ކުރިން ލީގަލް އޮފިސަރުންނަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތް އޭގެ ފަހުން ވަނީ ކުޑަވެފައެވެ. އެގޮތުން މައިގްރޭޝަން އެލަވަންސް ލިޔަސް 01 ނޮވެންބަރު 2025ގެ ކުރިން ލީގަލް އޮފިސަރުންނަށް ލިބެމުން ދިޔަ މުސާރައާއި އިނާޔަތް ކުޑަވެފައިވާ ކަމަށާ ހާމަނައިޒޭޝަންގެ ތެރެއިން، މުސާރައަށް ބަދަލު ގެނައުމުގެ ކުރިން، ސީއެސް9-2 ގެ ރޭންކްގައި ހުރި ކައުންސިލް ލީގަލް އޮފިސަރަކަށް މަހަކު، ޕެންޝަނަށް ކަނޑާފައި 18،465 ރުފިޔާ މުސާރައަށް ލިބެމުން ދިޔަ ނަމަވެސް ންބަރު އެކެއްގެ ކުރިން ލިބެމުންދިޔަ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބެމުން އައި ވަރު، އެ ލީގަލް އޮފިސަރުންނަށް ނުލިބެއެވެ.

އެގޮތުން، އެޓެންޑެންސް އެލަވަންސް ލައިގެން މުސާރަ ހިސާބު ކުރާތީ، ޗުއްޓީގައި ހުންނަ މަހެއްގައި 15،188.75 ރުފިޔާއަށް މުސާރަ ކުޑަވެއެވެ.

މިކަމާ ގުޅިގެން އެތައް ލީގަލް އޮފިސަރުންނެއްް ނޭޝަނަލް ޕޭ ކޮމިޝަނަށާއި ސިވިލް ސާވިސް ކޮމިޝަނަށް މި ޝަކުވާ ހުށަހަޅައިފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ނަމަވެސް އެކޮމިޝަނުން ދެނީ ކަމާ ނުގުޅޭ ޖަވާބު ކަމަށާ ފޮނުވި ޖަވާބުގައި ވަނީ،
ލީގަލް ޕްރޮފެޝަނަލުންގެ ޖޮބް މެޓްރިކްސްއަށް އެއްވެސް ބަދަލެއް ގެންނަނަމަ، އެ ބަދަލާއެކު، ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށެވެ. އަދި، އެހެނިހެން އިދާރާތަކުން ވެސް އެދެވޭ ޖަވާބެއް އެ މުވައްޒަފުންނަށް ލިބިފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މުވައްޒަފުން ބުނެފައިވާ ގޮތުގައި މުސާރައިގެ ކުރިއެރުން ލިބުމުން އެ ލިބޭ ޙަޤީޤީ މަންފާ ނުލިބި ދަނީ ގެއްލުންވަމުންނެވެ. އެހެންކަމުން މިކަމަށް ހައްލެއް ނުލިބި ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާތީ އެ މުވައްޒަފުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?