March 10, 2026
Advertisement
ލީގަލް އޮފިސަރުންގެ ޕެޓިޝަންތަކެއް 10 ތަނަކަށް!
ލީގަލް އޮފިސަރުންގެ ޕެޓިޝަންތަކެއް 10 ތަނަކަށް! / ސޯޝަލް މީޑިއާ

ލީގަލް އޮފިސަރުންގެ ޕެޓިޝަންތަކެއް 10 ތަނަކަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 12, 2025, 12:48 AM
މާލެ ސިޓީ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މި މަހު ގެނައި ބަދަލާއެކު ލީގަލް އޮފިސަރުންގެ މުސާރަ ކުޑަ ވުމާއި ގުޅިގެން 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފިއެވެ.

Advertisement

81 ލީގަލް އޮފިސަރުން ސޮއިކޮށް ރައީސް އޮފީހާއި މަޖިލިސް އިދާރާ ހިމެނޭހެން 10 ތަނަކަށް ހުށަހެޅި އެ ޕެޓިޝަންތަކުގައި ވަނީ:

  • މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއި ގުޅިގެން ބައެއް އިނާޔަތްތައް މަދުވެ އިތުރު ގަޑީގެ ފައިސާ ކެޕްކުރުމާއި ޖޮބް މެޓްރިކްސްއަށް ގެނައި ބަދަލުގެ ސަބަބުން ޖުމުލަ ލިބޭ މުސާރަ ކުޑަވުން
  • ފުރަތަމަ ގްރޭޑްގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ޖުމުލަ 19،161 ރުފިޔާ ލިބޭއިރު މިހާރު ލިބޭނީ ކުރިއަށް ވުރެ 240 ރުފިޔާ މަދުން
  • މަތީ ގްރޭޑްގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ޖުމުލަ 20،220 ރުފިޔާ ލިބޭއިރު މިހާރު ލިބޭނީ ކުރިއަށް ވުރެ 1،300 ރުފިޔާ މަދުން
  • ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުންނަށް ޕްރައިވެޓް ޕްރެކްޓިސްކުރުން މަނާކޮށްފައިވީ އިރު، ނަން-ޕްރެކްޓިކްސް އެލަވަންސެއް ނުދޭ
  • ހިދުމަތުގެ މުއްދަތާއި ހޯދި ކުރިއެރުންތަކަށް ބަލައިގެން ދެމުން ދިޔަ ސްޓެޕް އެލަވަންސް އުނިކުރުމުން ލީގަލް އޮފިސަރެއްގެ ގޮތުގައި އެތައް އަހަރަކު މަސައްކަތްކޮށްފައިވާ މުވައްޒަފަކާއި އަލަށް ވަޒީފާއަށް ނުކުންނަ މުވައްޒަފަކާ އެއްވަރުކުރުން
  • ލީގަލް އޮފިސަރުންގެ މަގާމު ދަށްކުރުމުގެ ސަބަބުން އެހެން ދާއިރާތަކުގައި ޑިޕްލޮމާ ފެންވަރަށް ކިޔަވައިގެން ތިބި މުވައްޒަފުންނަށް ލިބޭ ވަރުގެ މުސާރައެއް މާސްޓާސް ޑިގްރީއަށް ކިޔަވާފައި ތިބި ލީގަލް އޮފިސަރުންނަށް ނުލިބޭ
  • ލީގަލް ސެކްޝަންތަކުގެ ހެޑްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރު ޒިންމާތައް ހުރި ނަމަވެސް މަގާމު ދަށްކުރުމުގެ ސަބަބުން އެ ކަމަށް ރިއާޔަތްނުކުރެވޭކަން
  • މުސާރައިގެ އާ އޮނިގަނޑުގައި އާ މަގާމުތަކެއް ހިމަނައިގެން މަގާމުތަކަށް ގެނައި ބަދަލުގެ ސަބަބުން ވެސް ކުރިން ހިދުމަތުގައި ތިބި ގިނަ މުވައްޒަފުންގެ މުސާރަ ކުރިއަށް ވުރެ ކުޑަވެފައިވެސް ވާތީ ކަންބޮޑުވުން ފާލުކޮށްފައެވެ.

ޕެޓިޝަންގައި ސޮއިކުރި ލީގަލް އޮފިސަރުންގެ ތެރޭގައި ކައުންސިލްތަކާއި ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved