ސަރުކާރުގެ ފަރާތުން ޖުމްލަ 37 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
މަޖިލީހުގެ ޖުމްލަ 79 މެންބަރުންނާއެކު ސަރުކާރަށް ފުރިހަމަ ތާއީދު އޮތްއިރު، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 200 ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ހުރިހާ ވައުދެއް ފުއްދުމަށް 200 އަށް ވުރެ ގިނަ އިސްލާހާ، އާ ބިލުތައް ފާސްކުރުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް މުހައްމަދު މުއިއްޒުވަނީ ކުރިން ވިދާޅުވެފައެވެ.
އޭގެ ތެރެއިން މި ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ލިސްޓް މިހާރު ވަނީ މަޖިލީހަށް ފޮނުވާފައެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ ދައުރުގައި ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތަކާއެކު ހުށައެޅި ބިލްތަކަކީ:
- މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ބިލު
- ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
- އިންޝުއަރެންސާބެހޭ ބިލު
- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާ ނެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެޓާނީ ޖެނެރަލްގެ އޮފީހުގެ ބިލު
- ޖަނަވާރުގެ ސިއްހަތާބެހޭ ބިލު
- ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު