February 23, 2026
Advertisement
 މިނިސްޓަރ ޝަފީޤް
މިނިސްޓަރ ޝަފީޤް / ސޯޝަލް މީޑިއާ

ޚަރަދުތައް ކުޑަކުރަން މުވައްޒަފުން ކަނޑާނެކަމުގެ އިޝާރާތެއް މާލީ ވަޒީރުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 10, 2024, 06:16 PM
މާލެ ސިޓީ

ސަރުކާރުގެ ޚަރަދުތައް ބޮޑުވެ މާލީ ހާލާތު ދަށަށް ދާން ފަށާފައިވާއިރު ޚަރަދު ކުޑަކުރުމަށް މުވައްޒަފުން ކަނޑާނެކަމުގެ އިޝާރާތެއް މާލީ ވަޒީރުކޮށްފިއެވެ.

Advertisement

ދައުލަތުގެ ހަރަދު ކުޑަކުރުމަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން އޮންލައިން ނޫހަކަށް ދެއްވި މައުލޫމާތުގައި މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެފައިވަނީ، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން އިސްރާފު ހުންނަ ދިމަދިމާ ފާހަގަކޮށްގެން ޚަރަދުކުރުމަށް ސިޔާސީ މުވައްޒަފުން ހިމެނޭހެން މުވައްޒަފުން މަގާމުން ވަކިކުރުމަށް ޖެހިއްޖެ ހާލަތެއްގައި ވަކިކުރާނެ ކަމަށާ ނަމަވެސް އެއީ އެންމެ ފަހުން އަޅާނެ ފިޔަވަޅަކަށް ވާނެ ކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން ހަރަދުކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އާސަންދަ އާއި ސަބްސިޑީތައް އިސްލާހުކޮށް އެސްއީތައް ރިފޯމްކުރުމަށް ރޭވެމުންދާ ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމަށް މުވައްޒަފުން މަގާމުތަކުން ވަކިކުރުމުގެ ވިސްުން ސަރުކާރުގައި ހުރިކަން ހާމަވެފައިމިވަނީ، މިދިޔަ އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ހޭދަކުރި އަދަދަށް ވުރެ މިއަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދު ދަށްވެ މުސާރަ ދިނުމަށް ހަމަ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދު ބޮޑުތަނުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved