March 10, 2026
Advertisement
ހޮންގް ކޮންގް އެއާލައިން ރާެްއްޖޭގައި
ހޮންގް ކޮންގް އެއާލައިން ރާެްއްޖޭގައި / ސޯޝަލް މީޑިއާ

ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 20, 2024, 10:48 PM

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ހޮންކޮންގް އެއާލައިންސްއިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ހޮންގްކޮންގް އެއާލައިނުގެ ފުރަތަމަ ފުލައިޓު ވަނީ ހުކުރު ދުވަހުގެ ރޭގައި ރާއްޖެ އައިސްފައެވެ.

އެ ފުލައިޓުން 209 ޕަސެންޖަރުން ވަނީ ރާއްޖެ އައިސްފައެވެ.

ހޮންގްކޮންގް އެއާލައިނުގެ ދަތުރުތައް އަލުން ފެށުމާ ގުޅިގެން މަރުހަބާ ކިޔުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ކުލަގަދަ ހަފްލާއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބާއްވައިފައެވެ.

އެގޮތުން މި ފްލައިޓުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށް ވަނީ ސަގާފީ ހަރަކާތްތަކަކާއި އެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މި ހަފްލާގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު، ވާންގް ލީޝިން އަދި ސަރުކާރުގެ އިސް ވުޒާރާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. އެއީ ހުކުރު، އާދިއްތަ އަދި ބުދަ ދުވަހެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved