March 19, 2026
Advertisement
ޑރ. ޖަމީލު، ރައީސް ޑރ. މުއިއްޒުއާ އެކު ޕީޕީއެމްގެ ޖަލްސާއެއްގައި.
ޑރ. ޖަމީލު، ރައީސް ޑރ. މުއިއްޒުއާ އެކު ޕީޕީއެމްގެ ޖަލްސާއެއްގައި. / އަދަދު

ރިޒްގަކީ الله ދެއްވާ އެއްޗެއް، ޔަހޫދީން ދޭ އެއްޗެއް ނޫން: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jun 10, 2024, 11:47 PM
މާލެ ސިޓީ

އިޒްރާއިލް ޕާސްޕޯޓު މަނާކުރުމުގެ ކުރިން ރާއްޖެއަށް އެކަމުން ކޮށޤފާނެ ނޭނދެވޭ އަސަރާ އަދި ރާއްޖޭގެ އިގްތިސޯދަށް އެކަމުން ކުރާނެ އަސަރުގެ ދިރާސާ ހެދުމަށް ޕީއެންސީގެ މަޖިލިސް މެމްބަރުން ގޮވާލުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ފާޑުކިޔުން އަމާޒުކުރައްވައެވެ.

Advertisement

ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމ ދައުރުގެ ހަތަރު ވަނަ ޖަލްސާގައި، ފަލަސްތީނުގައި އިޒްރޭލުން ގަތުލުއާންމެއް ހިންގާތީ އެ ގައުމުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އައުން މަނާކުރަން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލަށް ބަހުސްކުރަމުން ސަރުކާރު ތަމްސީލުކުރާ ގިނަ މެމްބަރުންވަނީ އެކަމުގެ ސަބަބުން އިގްތިސޯދަށް ނޭދެވޭ އަސަރު ފޯރަފާނެތޯ ދިރާސާކުރުމަސް ގޮވާލާފައެވެ. އަދި މަޖިލިޙޫގެ މެޖޯރިޓި ލިޑަރު ޕީއެންސީގެ ލީޖީ ލީޑަރު އިބްރާހިމު ފަލާހު ވަނީ އެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241)އަށް ފޮނުވުމަށް ހުށަހަޅާފައެވެ. މަޖިލީހުން ވަނީ އެ ކޮމިޓީއަށް މައްސަލަ ފޮނުވުމަށް ފާސްކޮށްފައެވެ.

މީގެ އިތުރުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ޔަހޫދީންނަކީ ބާވާ ލެއްވި ސަމާވީ ދީނަކަށް ތަބާވާ ބަޔަކުކަމަށްވުމުން އިޒްރާއީލް ޕާސްޕޯޓު ބޭން ކުރުމުގައި ފުންކޮށް ވިސްނަން ޖެހޭނެ ކަމަށް ބުނެފައެވެ.

މިކަމަށް އިޝާރާތްކުރައްވާ ޑރ. ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އެކަނިވެސް ކުށެއް ނެތް 274 ފަލަސްތީނު މީހުން އިޒްރޭލުން ވަނީ ޝަހީދުކޮށްފައިކަމަށެވެ. އަދި މިހާ ހިސާބަށް 13000 ހާހަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްފިކަމަށާ އިންސާނެއް ނަމަ މިތަދު އިޙްސާސް ވާންވާނެކަމަށްވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޔަހޫދީންނަކީ މުސްލިމުންގެ އަޚުން ނޫން ކަމަށާ ރިޒްގު ތަނަވަސްކުރައްވަނީ ﷲ ސުބުހާނަހޫ ވަތައާލާ ކަމަށާ އެކަމަށް ޔަހޫދީންނަށް ހުރަސް ނޭޅޭ ކަމަށްވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފެނިގެން ސަނީ ސަރުކާރު ނިޔަތް ވަރަށް ގޯސް މަންޒަރު ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved