މިނިސްޓާރ ޝިޔާމް މަސްވެރިންނާ ވާހަކަ ދައްކަނީ / ތޭރަ އޮންލައިން
ސިޔާސީ
މަސްވެރިންނަށް ވީ ވައުދު ނުފުއްދެވުމުން ގޯސްވީ މާލީ ހާލަތު
Aishath Naja
އައިޝަތު ނަޖާ
12 ޖޫން 2024
މާލެ ސިޓީ

ވެރިކަމަށް އައުމުގެ ކުރިން މަސްވެރިންނަށް ވީ ވައުދުތައް ދެން ފުއްދޭނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ވުމުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު 1 ނަންބަރު ފާލަން ސަރަހައްދުގައި މަސްވެރިން އިހުތިޖާޖު ކުރި ތަނަށް ވަޑައިގަތުމަށްފަހު އެ ސަރަހައްދުގައި ހުންނަވައެވެ.

އެގޮތުން މިނިސްޓާރ ޝިޔާމް ވިދާޅުވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓާރ ޝިޔާމް މިފަދައިން ވިދާޅުވިނަމަވެސް މަސްވެރިންނަށް މަސް ކިރާތާ 48 ގަޑި އިރު ތެރޭގައި ފައިސާދޭނެ ކަމުގެ ވައުދު ފުއްދުމުގެ މަސައްްކަތް ސަރުކާރުން ނުކުރާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މަސްވެރިންނަށް ފައިސާ ނުލިބި ވަނީ އެތައް ދުވަހެއް ވެފައެވެ.

ބެކްލޮގް ގައި 80 މިލިއަން ރުފިޔާ ހުރި އިރު އެ ފައިސާ އެއްކޮށް މަސްވެރިންނަށް ސަރުކާރުން ދޭނެ ދުވަހެއް ވެސް ސަރުކާރަށް ބުނެދެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މަސްވެރިންގެ އަޑުތައް ގާތުން އަހާނެ ކަމުގެ ވައުދާއެކު އައި ސަރުކާރުން މިއަދު މަސްވެރިން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖް ކުރުމުން ބުނީ މަސްވެރިންނަށް ވީ ވައުދު ފުއްދޭނީ މާލީ ހާލަތު ރަނގަޅުވުމުން ކަމަށެވެ.

ވެރިކަމަށް އައުމުގެ ކުރިން ވެސް ރާއްޖޭގެ މާލީ ހާލަތު ގޯސްކަން އެނގިހުރެ ސަރުކާރުން ބޮޑެތި ވައުދުތައް ވެފައިވާއިރު އެއީ ރިޔާސީ އިންތިޚާބަށް މަސްވެރިންގެ ވޯޓު ހޯދުމަށްޓަކައި ގަސްތުގައި ހިންގި ޖަރީމާއެއް ކަމަށް ވެސް ގިނަ މަސްވެރިން އަންނަނީ ބުނަމުންނެވެ.

މަސްވެރިންނަށް ފައިސާ ދީފައިވަނީ މަޖިލިސް އިންތިޚާބާ ދިމާކޮށްފައެވެ. އޭގެ ފަހުން މަސްވެރިންނަށް ފައިސާ ނުދީ ލަސްކުރަމުން ގެންދާތީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
މަސްވެރިއެއް
13 ޖޫން 2024, 06:05
ޝިޔާމު މާލީ ހާލަތު ހުރިގޮތް އެނގިތިބެ ކީއްކުރަން ވައުދުވީ 48 ގަޑިތެޭފައިސާދޭނަމޭކިޔާފާ 5 އަހަރު ނިމުމުން ބުނާނެ ދެވަނަ ދައުރެއް ދިނީމައޭ ވައުދު ފުއްދޭނީ ހުސް ދޮގު ކުރީ ސަރުކާރަށްވުރެ ގޯސް ކޮށް މިސަރުކާރު ކަންތައްކުރަނީ.
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved