މަލްޝާ އަދި ޝިއުނާ / ސޯޝަލް މީޑިއާ
ސިޔާސީ
މަސްވެރިން ޝިއުނާ އަދި މަލްޝާއަށް: ސަސްޕެންޝަންގައި ހުންނަވާ ތި ނަގާ މުސާރަ ހަލާލުވާނެތަ؟
Aishath Naja
އައިޝަތު ނަޖާ
14 ޖޫން 2024
މާލެ ސިޓީ

ސަސްޕެންޝަންގައި ހުންނަވާ ނަގާ މުސާރަ ހަލާލުވާނެތޯ ޔޫތް މިނިސްޓްރީގެ ދެ ނައިބުން ކަމަށްވާ ޝިއުނާ އަދި މަލްޝާ އާއި މަސްވެރިން ސުވާލު ކުރަންފަށައިފިއެވެ.

ޒުވާން މަސްވެރިއެއް އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި ވަނީ މަލްޝާ އަދި ޝިއުނާ ސަސްޕެންޝަންގައި ހުންނަވާ މުސާރަ ނަގަމުން ގެންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ސަސްޕެންޝަންގައި ހުންނަވާ ލިބޭ މުސާރަ ދަރިންނަށް ކާންދޭން ކެރޭތޯ ވެސް އެ މަސްވެރިޔާ ވަނީ އެ ނައިބު ވަޒީރުންގެ އަރިހުން ސުވާލުކޮށްފައެވެ.

އިތުރަށް އޭނާ ވަނީ ސަސްޕެންޝަނުގައި ގޭގައި ތިއްބަވައިގެން ތިޔަ ނަންގަވާ މުސާރަ ހަލާލް ވާނެ ގޮތެއް ބުނެދޭން ވެސް މަލްޝާ އަދި ޝިއުނާގެ އަރިހުން އެދިފައެވެ.

ޔޫތު މިނިސްތްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާ މަލްޝާ ޝަރީފުގެ އިތުރުން މަހުޒޫމް މާޖިދު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑްކުރި ކަމަށް ހާމަކޮށްފައިވަނީ މި އަހަރުގެ ކުރީ ކޮޅުއެވެ.

އެގޮތުން އެ ތިން ނައިބުންވެސް ސަސްޕެންޝަންގައި ތިބެ މުސާރަ ނަގަމުންދާތާ މިހާރު ފަސް މަސް ފާއިތުވެފައިވެއެވެ. ޖެނުއަރީ 7 ވަނަ ދުވަސް ސަސްޕެންޑްކުރި މި ތިން ނައިބުންގެ މައްސަލަަ ދަނީ އަދިވެސް "ބަލަމުން" ކަމަށް އެ މައްސަލައިގެ ފަހުގެ އަދާހަމ އެއް ދިނުމަށް އެދުމުން ސަރުކާރުން ބުނެފައިވެއެވެ.

އަދި މިހާރުވެސް ތިން ނައިބުން ތިބީ ސަސްޕެންޝަންގައި ކަމަށްވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved