މާލެ ސިޓީ މަގުތަކުގެ ދުވާރުމަތީ ޕާކް ކުރުން ހުއްޓުވުމަށްޓަކައި މާލެ ސިޓީ ކައުންސިލް އިން ދަގަނޑު ޖަހަން ފަށައިފިއެެވެ.
މާލެ ސިޓި ކައުންސިލުން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީ ވެހިކަލް ޕާކް ކުރުން ހުއްޓުވުމަށް ދުވާރުމަތީގައި ބްލޮކް ޖަހަން ފަށާފައިވާ ކަމަށެވެ.
މިގޮތުން މިހާރު ލިލީމަގު ސަލްޓަންޕާކު ފަޅީ ދުވާރުމަތީގައި ދަގަނޑު ޖެހުމުގެ މަސައްކަތް ވަނީ ފަށައިފައިކަމަށް ވެސް އެ ކައުންސިލް އިން ވަނީ ހާމަކޮށްފައެވެ.
މާލޭގެ މަގުތަކުގެ ދުވާރުމަތީގައި ކާރު ފަަދަ އުޅަނދުތައް ޕާކްކޮށްފައި ހުންނާތީ ހިނގާބިގާވެ އުޅޭ މީހުންނަށާއި، ދުއްވާ އެއްޗެހި ދުއްވާ މީހުންނަށްވެސް އުނދަގޫތަކާއި ކުރިމަތިވެއެވެ.