April 22, 2026
Advertisement
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް / ސޯޝަލް މީޑިއާ

މޯލްޑިވްސް ޕޯސްޓްގައި މުވައްޒަފުންގެ ފޯނުތައް ލޮކަރަށް ލުމަށް މަޖުބޫރު ކުރަނީ

Aishath Naja
އައިޝަތު ނަޖާ
Jun 16, 2024, 07:55 PM
މާލެ ސިޓީ

މޯލްޑިވްސް ޕޯސްޓްގައި މަސައްކަތް ކުރާ މުވައްޒަފުން، މަސައްކަތް ފެށުމުގެ ކުރިން ފޯނުތައް ލޮކަރަށް ލާން މަޖުބޫރުކުރާކަން ހާމަވެެއްޖެއެވެ.

Advertisement

"ތޭރަ އޮންލައިން" އަށް މައުލޫމާތު ދެމުން ޕޯސްޓްގައި މަސައްކަތް ކުރަމުންގެންދާ މުވައްޒަފެއް ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުނީ ކޮންމެ ދުވަހަކުވެސް މަސައްކަތް ފެށުމުގެ ކުރިން އެ މުވައްޒަފެއްގެ ފޯނު ލޮކަރަށް ލުމަށް އަންގާފައިވާކަމަށެވެ.

މިކަން ކުރަން އޯޑަރު ދިނީ އެ ކުންފުނީގެ އެމްޑީ ޝަފީގު އާއި، ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓާރ ސީމާ އަދި ކުންފުނީގެ އެސިސްޓަންޓް މެނޭޖިންގ ޑިރެކްޓާރ ޝަރުމާ ކަމަށް ވެސް އެ މުވައްޒަފު ވަނީ ބުނެފައެވެ.

ފޯނު ލޮކަރަށް ލާން މަޖުބޫރުކުރުމުން ވަރަށް ބައިވަރު ކަންކަން ދިމާވާކަމަށާއި އޭގެ ސަބަބުން ފެމިލީ އެމަޖެންސީ އެއް ދިމާވުމުން ވެސް ނޭނގޭ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

ކުރިން ދުވަހުވެސް، މިތާ މުވައްޒަފެއްގެ ބައްޕަ ހާލު ދެރަވެގެން އެމަޖަންސީގައި ހޮސްޕިޓަލް އަށް ގެންދިޔަ ވާހަކަ ބުނަން އޭނާގެ އާއިލާ އިން އެތައް ފަހަރެއްގެ މަތިން އޮތް ގުޅާފައި. ފޯނު ލޮކަރަށް ލާން ބުނެފަ އޮތީމަ މަސައްކަތް ފެށުމުގެ ކުރިން އެންމެންވެސް ފޯނުތައް ލަނީ ލޮކަރަށް، ކަމެއް ވެގެން ފޯނަށް މީހަކު ގުޅިޔަސް ނޭނގޭ. ވަރަށް އުނދަގޫވޭ އެގޮތައް ހަދަން މަޖުބޫރު ކުރުވާތީ

ޕޯސްޓްގައި މަސައްކަތް ކުރާ ޒުވާނާ ބުންޏެވެ.

އެ މުވައްޒަފު ވަނީ ފޯނު ލޮކަރަށް ލާން މަޖުބޫރު ކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިފަދަ ކަންކަމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އިސްނަގައިގެން ބަލަން ޖެހޭނެ ކަންކަމެވެ. މިފަދަ ތަރައްގީ ވެފައި އޮތް ޒަމާނެއްގައި މަސައްކަތު މާހައުލުގައި ކުރިމަތި ކުރުވަމުންގެންދާ ފިއްތުންތަކަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
ކޮމެންޓްތައު
Hassanbey
Jun 19, 2024, 12:43 AM
Haadha rangalhu kame post thinimmee bayaku meehun thibenee phonaa kulhen massakai huttaalaafe marhabaa po office
ހުޅުމާލެ ރިޔައްޓޭއަށް
Jun 18, 2024, 12:49 AM
ތިވަރަށް ރަނގަޅު ކަމެއް.. އަބަދުވެސް ތިބެނީ އިސްދަށަށް ޖަހައިގެން ފޯނަށް ބަލަން.. ސަރުކާރު ހުރިހާތަނެއްގަ ތިހެން ހަދަންވީ.. ވާނުވާއެއް ނޭގޭ ފޯނާޖެހިފަ... ބޭރުގެ ގިނަ ތަންތަނުގަވެސް މިހާރު ފޯނެއް ނުޖެހޭނެ..
ބިންގަލޭ
Jun 17, 2024, 06:18 PM
އަހަރެން ވަޒީފާއަދާކުރި ރިސޯޓެއްގައިވެސް ޑިއުޓީގަޑީގައި ފޯނުގެންގުޅުން އޮންނަނީ މަނާކޮށްފައި.. އަހަރެއްވަރަށް ތާއީދުކުރާކަމެއްއެއި.. އިމަޖެންސީޙާލަތެއްގައި ގުޅަންޖެހިއްޖެނަމަ އެކަންކުރެވޭނެ ނިޒާމުވެސް ގާއިމުކޮށްފައިއޮވޭ..
ރރރރ
Jun 17, 2024, 01:28 AM
އެހެން ވީމާ ބޮޑެތި މީހުން ގެ ފޯނު ތައްވެސް ޑޮކަރަށް ލާާން ޖެހޭނެ އެމީހުން ނައްވެސް ފޯނު ނެގިގެން ނުވާނެ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved