އައްޑޫ ލިންކް ރޯޑާ / އައްޑޫ ސިޓީ ކައުންސިލް
ހަބަރު
ރާއްޖެ ބަނގުރޫޓުވާކަމަށް ބުނެ އިންޑިއާގެ ނޫހަކުން ރިޕޯޓެއް ނެރެފި
Hussain Nawaf
ހުސައިން ނަވާފް
26 ފެބްރުއަރީ 2025

ރާއްޖެ ބަނގުރޫޓުވާކަމަށް ބުނެ އިންޑިއާގެ ނޫހަކުން ރިޕޯޓެއް ނެރެފިއެވެ.

އިންޑިއާ ޑޮޓް ކޮމް އިން ރިޕޯޓު ކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި ބަނގުރޫޓުވުމަކީ ގާތް ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. މީގެ އިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފުން ހަރަދު ކުޑަ ކުރުމަށް ގޮވާލާ ނެރުނު ބަޔާންތަކުގެ ވާހަކަވެސް ފާހަގަކޮށްފައިވެ އެވެ.

އެ އާޓިކަލުން ބުނާ ގޮތުގައި ރާއްޖެއިން ޗައިނާގެ އަތުން ބޮޑު އަދަދެއްގެ ދަރަނި ނަގާފައިވީ ނަމަވެސް އެ ދަރަނި އަދާކުރުމަށް އެކަށީގެންވާ ފޮރިން އެކްސްޗޭންޖް ރިޒާވް ގައުމުގައި ނެތެވެ. މީގެއިތުރުން، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން ރާއްޖެ އަދި ފުރިހަމައަށް އަރައިގަނެވިފައެއް ނުވާކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި އެއީ މުޅިން ހަގީގަތެއް ނޫނެވެ. ސަބަބަކީ ނިމިދިޔަ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހިންގެ ބޮލުގައި ބޮޑެތި އަދަދު ތަކުން ދަރަނި ނެގި އިރު ނެގީ އިންޑިއާއިންކަމަށް ވާތީއެވެ. އެގޮތުން ރާއްޖެއިން ހަމައެކަނި އިންޑިއާގެ އެކްސިމް ބޭންކުން މިލިއަނުން ދަރަނި ނެގިކަންވެސް ފާހަގަކޮށްލެވެ އެވެ.

މި އަހަރު އިންފްލޭޝަން ވެސް 2.3 އިންސައްތައަށް އަރާނެ ކަމަށް އައިއެމްއެފުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ދަރަނި ކުޑަވާން ނެތް ކަމަށާއި އެހެންކަމުން ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved