theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ޓާމިނަލްގައި ފްލައިޓް ތަކެއް ޕާކްކޮށްފައި / ސޯޝަލް މީޑިއާ
ހަބަރު
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އާ ގަވާއިދެއް އެކުލަވާލައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
14 ޖޫން 2025
މާލެ ސިޓީ

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އައު ގަވާއިދެއް އެކުލަވާލައި ގެޒެޓުކޮށްފި އެވެ. އެގަވައިދުގައި ޥާގޮތުން އެއަރކްރާފްޓް އެކްސިޑެންޓެއް ހިނގާތާ ދެ ގަޑިއިރު ތެރޭގައި ވެލިޑޭޓްކޮށްފައިވާ ފަސިންޖަރުންގެ ލިސްޓެއް ހުށަހެޅުން ލާޒިމް ކޮށްފައި ވެއެވެ.

މިގަވައިދުގައި އިތުރަށް ހާމަކޮށްފައި ވަނީ ، އެއާލައިންތަކުގައި އުފުލާ ނުރައްކާތެރި މުދަލާއި ބެހޭ މަޢުލޫމާތުވެސް ވަގުތުން ލިބެން ހުންނަންޖެހޭނެ ކަމަށެވެ.

މި ގަވާއިދަށް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

މި ގަވާއިދުގެ މައިގަނޑު މަގުޞަދަކީ އޮތޯރިޓީތަކާއި، މެޑިކަލް ޓީމުތަކާއި، އާއިލާތަކާ ގުޅޭ ޔުނިޓްތަކަށް އަވަހަށް އަދި ހަރުދަނާކޮށް ޢަމަލުކުރެވޭނެކަން ޔަގީންކޮށް، ގައުމުގެ ވައިގެ ދަތުރުފަތުރުގެ ރެސްޕޮންސް ނިޒާމު ވަރުގަދަކުރުމެވެ.

މި ގަވާއިދުގެ ދަށުން އެއަރލައިންތަކުން ޓިކެޓް ގަންނައިރު ފަސިންޖަރުންގެ އިމަރޖެންސީ ކޮންޓެކްޓް މަޢުލޫމާތު ވެސް ނަގަންޖެހެއެވެ. މި މަޢުލޫމާތަކީ ހަމައެކަނި އެކްސިޑެންޓެއް ހިނގައިފި ހާލަތެއްގައި ބޭނުންކުރުމަށް ހޯދާ މައުލޫމާތެކެވެ.

މި ގަވާއިދަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އިން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގަވާއިދެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved