ރާއްޖޭގައި ޓެކްސީ ހިދުމަތް ދެމުންދާ އެންމެ ބޮޑު ކުންފުނި އަވަސް ރައިޑްގެ މޯބައިލް އެޕްލިކޭޝަން, މުޅިންއާ އަޕްގްރޭޑަކާއި އެކު އަވަސް އެޕުގެ ނަމުގައި ޖެނުއަރީ 10 ގައި ލޯންޗް ކުރަން ނިންމައިފިއެވެ.
މިކަން ހާމަވެފައިވަނީ ޓަވިޔަނި ޕްރައިވެޓް ލިމިޓެޑުން ނެރުނު ނޫސް ބަޔާނެއްގައެވެ.
އަވަސް އެޕް ރަސްމީކޮށް ލޯންޗުކުރާނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 20:00 އިން ފެށިގެންނެެވެ. އެއާއިއެކު ކުޑަކުދިންގެ ހަވީރެއްވެސް ހުކުރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 19:00 ޖަހަންދެން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި އާއިލީ ހަވީރުގައި ރޮބޯމޭންގެ ޚާއްސަ ޝޯވް އެއްވެސް އޮންނާނެއެވެ.
މި ޝޯވްގެ އިތުރުން އެކި އެކި އުމުރުފުރައިގެ މީހުންނަށް ޚާއްސަ ކުޅިވަރުތަކާއި ހަރަކާތްތައްވެސް ކުރިއަށް ދާނެކަމަށާއި އެ މުނަސާބަތާއި ގުޅިގެން ރޭގަނޑު ހަވާވެސް އަރުވާނެ ކަމަށް ޓަވިޔަނި ޕްރައިވެޓް ލިމިޓެޑުން މައުލޫމާތުދިނެވެ.
މި އިވެންޓް އޮންނާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައިއެވެ.