March 27, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

އީދުގެ ތަހުނިޔާ އަރިސްކުރުމަށްފަހު ޑރ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ޝުކުރުވެރި ނުވާ ވާހަކަ

Aishath Naja
އައިޝަތު ނަޖާ
Jun 16, 2024, 10:49 PM
މާލެ ސިޓީ

1445 ވަނަ އަހަރުގެ އަޟްހާ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު އަރިސްކޮށްފިއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ތަހުނިޔާ ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓްގައި އެމަނިކުފާނު ވަނީ ރާއްޖެއަށް ހިދުމަތްކުރެއްވި އެންމެހާ ފަރާތްތަކުގެ ތެރެއިން އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރެއްވި އަދި ތަފާތެއް ދެއްކެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި އެމަނިކުފާނުގެ ޢާއިލާއަށް ހެޔޮއެދުމާ ތަހްނިޔާ އަރިސްކުރައްވާފައެވެ.

މިއަދަކީ ތަވާޟަޢުވެރިވެ އޯގާތެރިކަން އިސްކޮށް މާތް ﷲ ތަޢާލާ މިންވަރުކުރެއްވި އެތަކެއް ރަޙްމަތަށް ޝުކުރުވެރިވެ އެކަން ހަނދާން ކުރަންވީ ދުވަސް ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

އޭގެއިތުރުން ޑރ ޖަމީލް ވަނީ މިއަދުވެސް ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ޝުކުރުވެރިނުވުމާއި ރައީސް ޔާމީނާ މެދު ކަންތައް ކުރަމުންދާ ގޮތުން ދިވެހި އުންމަތަށް ލިބޭ އެތަކެއް ނުރަނގަޅު ފިލާވަޅުން މާތް ﷲ ތަޢާލާ ސަލާމަތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ދުއާ ވެސް ދަންނަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved