March 20, 2026
Advertisement
އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ
އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ / ދެން އެމްވީ

މޫކޭގެ މޭސްތިރިކަމުގައި، ނިމިދިޔަ 3 އަހަރު އާރްޑީސީގެ އޮޑިޓެއް ނުހަދާ!

Aishath Naja
އައިޝަތު ނަޖާ
Jun 17, 2024, 11:52 PM
މާލެ ސިޓީ

ފާއިތުވި ތިން އަހަރު ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮޑިޓް ނުހަދާ ކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަކުރައްވާފައިވަނީ އާރްޑީސީގެ މިހާރުގެ މެނޭޖިންގް ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ޒުހައިރު ވިދާޅުވީ 2021، 2022 އަދި 2023 ވަނަ އަހަރު ކުންފުނީގެ އޮޑިޓެއް ހަދާފައިނުވާ ކަމަށެވެ. އެހެން ކަމުން ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޮޑިޓް ކުރުމުގައި އުނދަގޫވަނީ ލިޔެކިޔުންތައް ނެތުމުން ކަމަށް ވެސް ޒުހައިރު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ތަހުޤީޤީ އިދާރާތަކާއި ވާހަކަ ދައްކައިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

އޮޑިޓްގެ މަސައްކަތް އަދިވެސް ނުނިމޭތީ ކުންފުނި އޮތް ގޮތް އަދި ބަޔާންކުރަން ދަތިކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުގައި އާރްޑީސީގެ މުވައްޒަފުން ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ޖަމާވެފައިވާ ކަމަށް ފުލުހުން ވަނީ މާރޗް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ސީދާ ތުހުމަތު ކުރެވޭ ފަރާތް ފުލުހުން ހާމަނުކުރި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އާރްޑީސީ ތިޖޫރީ ފަޅާލުމުގައި އިސްކޮށް ހުންނެވީ އޭރު އެ ކުންފުނީގެ އެމްޑީ މޫސާ އަލީ މަނިކް (މޫކޭ) އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved