
މާލޭގައި ހުންނަ ޢީދު މިސްކިތުގެ ފަންކާ ވަގަށް ގެންގޮސްފިއެވެ.
މި ފަންކާ ވަގަށް ގެންގޮސްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގައި ކަމަށް ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައިއެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ މި މަހު އެކަނިވެސް އެ މިސްކިތުން ވަނީ 10 ފަންކާ ވަގަށް ނަގާފައި ކަމަށެވެ.
އަދި މިކަމާއި ގުޅިގެން މިސްކިތުގެ ސީސީޓީވީ ފުޓެޖު ނެގުމަށް ފަހު ކަމާބެހޭ ފަރާތްތަކާއި ވަނީ ހަވާލުކުރެވިފައިކަމަށްވެސް ކައުންސިލުން ވަނީ ބުނެފައިއެވެ.
އަދި މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން ކަމަށް ސިޓީ ކައުންސިލުން ބުނިކަމުގައި ވީނަމަވެސް ކައުންސިލުގެ ބެލުމުގެ ދަށުން 10 ފަންކާ އެއް މަސް ދުވަހުގެ ތެރޭގައި ވަގަށް ނެގެފައި ވާއިރު އެއްވެސް ފިޔަވަޅެއް މިހާތަނަށް ނެގެފައި ނުވުމަކީ ހިތާމަވެރިކަމެއްކަން ފާހަގަކޮށްލެވެއެވެ.
މިފަދަ ބަރަކާތްތެރި ތަނަކުން ވައްކަން ކުރެވެމުން އަންނައިރުވެސް ސަރުކާރުގެ އަދި ސިޓީ ކައުންސިލްގެވެސް އެއްވެސް އިސް ފަރާތެއް މިހާތަނަށް މިކަން ކުށްވެރިކޮށްފައިއެއްވެސް ނެތެވެ.
މާލެ ސަރަހައްދުގައި ވައްކަމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންކަންވެސް ފާހަގަކޮށްލެވެއެވެ.










