އައްޑޫ ސިޓީގައި މަސްވެރިން ނުކުމް އިހުތިޖާޖުކޮށްފިއެވެ.
އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި މަސްވެރިން ވަނީ އެމީހުންނަށް ފައިސާ ހަމައަށް ނުލިބޭތީ އެކަމުގެ ކަންބޮޑުުވުމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ބައެއް މަސްވެރިން ބުނެފައިވާ ގޮތުގައި ކޮންމެ ފަހަރަކު މަސްވެރިން ނުކުމެ އިހުތިޖާޖުކުރުމުން ދޭން ވާ ފައިސާއިން އެތިކޮޅެއް ދިނުމަށް ފަހު ސަރުކާރުން އެކަމުގެ މެޑަލް ޖަހަމުންދާ ކަަމަށާ ނަމަވެސް އެއީ ސަރުކާރާ ގުޅުން ހުރި ފައިސާއެއް ވެސް ނޫން ކަމަށެވެ.
އެގޮތުން އެ މަސްވެރިން ފާހަގަކުރި ގޮތުގައި އެއީ މަސްވެރިން އަތުން ކްރެޑިޓަށް ސަރުކަރުން ނަގާފައި ހުރި މަހަށް ވާ ފައިސާ ކަމަށާ އެ މަހުގެ ސަބަބުން ރާއްޖެއަށް ޑޮަލރު އެތެރެވާ ކަމަށެވެ. ނަމަވެސް އޭގެ ހައްގުވެރިންނަށް ފައިސާ ދޭން ޖެހުމުން ފައިސާ ހުންނަ ކަމަށް ނުވާ ކަމަށާ އެއީ މީގެ ކުރީ ސަރުކާރުން މަސްވެރިން ހާލުގައި ޖެއްސި ކަމަށް އެންމެ ބޮޑަށް ވަކާލާތުކުރި އަދުގެ މަސްވެރި މިނިސްޓަރު ވެސް ދަންނަން ޖެހޭނެ ކަމެއް ކަމަށް ވެސް މަސްވެރިން ބުނެފައިވެއެވެ.
މަސްވެރިން އިތުރަށް ބުނެފައިވާ ގޮތުގައި، މަސްވެރިން އެންމެން އެކައްޗެއް ކިޔައިގެން ނުކުމެ ގެނައި ސަރުކާރެއް ކަމަށާ އެހެންކަމުން މަސްވެރިން ހާލުގައި ޖެހިގެން ދާއިރު ސަރުކާރުން ހަމަ ކަހާތަންވެސް ހިރުވާ ނުލާ ތިބުން ބަލައިނުގަނެވޭ ކަމަށެވެ.
މި ސަރުކާރުން އަންނަނީ މަސްވެރިންނަށް ދޭންޖެހޭ އުޖޫރަ ލިބޭނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް މަސްވެރިންނަށް ފައިސާވެސް ލިބެނީ ކޮންމެ ފަހަރަކުވެސް މުޒާހަރާކޮށްގެން ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.
މަސްވެރިން މަސްކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދޭނެ ކަމުގެ ވައުދާ އެކު ވެރިކަމަށް އައުމަށްފަހު މަސް ދެމަސް ވެގެންދާއިރުވެސް މަސްވެރިންނަށް ފައިސާ ދިނުމުގައި ސަރުކާރުން އަންނަނީ އިހުމާލުވަމުންނެވެ.