April 14, 2026
Advertisement
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް

މާލޭގެ މައްސަލަތަކުގެ ހައްލު ރައީސް ޔާމީން ހޯއްދެވި: ހުސެއިން

Fathmath Reem
ފާތުމަތު ރީމް
Jan 6, 2024, 04:23 PM

މާލެ ސަރަހައްދަށް ދިމާވެފައި އޮތް ގިނަ މައްސަލަތަކުގެ ހައްލު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަހި ކޮށްދެއްވި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައީސް ޔާމީންގެ ތާއީދާއެކު މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement


ހުސެއިން މިހެން ވިދާޅުވެފައިވަނީ މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީ އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ސަންގު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ހުސެއިން ވިދާޅުވީ މާލެއަކީ ސަރަހައްދީ ގޮތުން ބަލާނަމަ ކުޑަ ނަމަވެސް އާބާދީ ބޮޑު ސަރަހައްދެއް ކަމަށާ އެހެންކަމުން ސަރަހައްދުގައި މައްސަލަތައް ގިނަ ކަމަށެވެ. ނަމަވެސް އެއްވެސް ކަމަކީ އެކަމާ އަޅާލާ ޓޯޓަލް ސޮލިއުޝަނެއް ހޯދަން އުޅެފިނަމަ ނުވާނެކަމެއް ނޫން ކަމަށް ހުސެއިން ވިދާޅުވިއެވެ. އެގޮތުން ހުސެއިން ވަނީ ރައީސް ޔާމީން އެމަނިކުފާނުގެ ޒައާމަތުގައި ސަރަހައްދުގެ މައްސަލަތަކަށް ގެނެސްދެއްވި ހައްލުގެ ހަނދާންތައް އައު ކުރައްވާފައެވެ.

ކުރީ ދުވަހަކުވެސް އަޅުގަނޑު ބުނެފިން މާލޭގަ މިގޮތަށް ދިމާވެފަހުރި ގިިނަ މައްސަލަތަކުގެ ހައްލު ރައީސް ޔާމީނުގެ ވެރިކަމުގެ ފަހި ކޮށްދެއްވިއޭ

ހުސެއިން ވަހީދް

ހުސެއިން ވިދާޅުވީ މާލޭގައި ބައެއް ތަންތަނުގެ ބޭނުން ނަހަމަ ގޮތުގައި މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކުން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ބޭނުންކުރާ ބައެއް ނުރައްކާތެރި ތަކެތި ގުދަން ކުރުމުގައި މީހުން ދިރިއުޅޭ ސަރަހައްދުގެ ބޭނުންކުރަމުން ގެންދާ ކަން ހުސެއިން ފާހަގަކުރެއްވިއެވެ. ރައްކާތެރިކަން ހޯދުމަށްޓަކައި އިންޑަސްޓްރިއަލް ވިލެޖެއް ލިބުނު ކަމަށާއި އެހެންނަމަވެސް އަޅާނުލާ އެކަންވެސް ގޮސްފައި ވާކަމަށް ހުސެއިން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved