May 2, 2026
Advertisement
މަލީހް ޖަމާލް ވާހަކަ ދައްކަނީ
މަލީހް ޖަމާލް ވާހަކަ ދައްކަނީ / ސޯޝަލް މީޑިއާ

މަސްވެރިންގެ ފައިސާ ނުދީ ޕީއެންސީގެ އައު ޖަގަހަ ހުޅުވުން މަލީހު ކުށްވެރި ކޮށްފި

Aishath Alaina
އައިޝަތު އަލައިނާ
Jun 23, 2024, 12:44 AM
މާލެ ސިޓީ

ވެރިކަންކުރާ ޕާޓީ ޕީއެންއެސީއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ އެ ޕާޓީގެ އައު ޖަގަހައެއް ހުޅުވުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކުށްވެރިކޮށްފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު މިފަދައިން މަސްވެރިންގެ ފައިސާ ނުދެއްވާ އެމްޑީޕީގެ ކުރީގެ ޖަގަހައިގައި އެ ޕާޓީގެ އައު ޖަގަހަ ހުޅުވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ޕީއެންސީއިން އަންނަނީ ކުރީގައި އެމްޑީޕީއިން އެ ޕާޓީގެ ހަރުގޭގެ ގޮތުގައި ބޭނުންކުރަމުން އައި ބިމުގައި އެ ޕާޓީގެ އައު ޖަގަހަ ހޮނިހިރު ދުވަހުގެ ރޭ ހުޅުވުމަށް ތައްޔާރު ވަމުންނެވެ.

މިކަމާއި ގުޅިގެން މަލީހު ވިދާޅުވީ، ޕީއެންސީ ޖަގަހަ އެމްޑީޕީ ޖަގަހަ ހުރިތާ ހުޅުވުމުގެ މަގްސަދަކީ، މި ސަރުކާރުގެ ވައްކަންތައް ދިފާޢުކޮށް އެކަން ފަސްއަޅާ ފޮރުވުން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ އެ ހަރުގެ ހުރިތަނަކީ ކާޅު ލޭ ބޭނުންކޮށްގެން ސިހުރު ހަދާފައި ހުރިތަނެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާކަމަށާއި، މިއީ ވެރިކަން ކުރާ ޕާޓީއިން ކައްޗަށް އަޅާ ބިންގަލެއްކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައިއެވެ.

މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މަސްވެރިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުންނެވެ. އަދި އެމީހުންނަށް ހައްގު ފައިސާ އެމީހުންނަށް ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved