
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދެވުމުގާ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ގައުމު މިއޮތީ ކަނަކު އަތް ދަށުވެފައި ކަމަށާއި ރައްޔިތުން ހޭލާ ގޭގެ ފުރާޅުގެ ދިފާއުގާ ތެދުވެ ތިއްބެވުމަށް ގޮވާލާފައެވެ.
މީގެ އިތުރުން މަލީހު ވިދާޅުވީ ހުރިހާ ރައްޔިތުން މަޖިލީހަށް ހުރިހާ ޓިކެޓެއް ރައީސް ޑރ މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ދިރުވާލާފައިވާ ކަމަށާއި ޕީޕީއެމް ފައްތާލާފައި މިހާރު މަސައްކަތް ކުރަނީ ޕީއެންސީވެސް ފައްތާލުމަށް ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.
ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގާ ހުންނަވާ އަބްދުއްރަހީމް އަބްދުﷲ ދަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ބުނެ ގިނަ ފަރާތްތަކަށް ސިޓީވެސް ފޮނުވަމުންނެވެ.










