އަމިއްލަ ކުންފުންޏަކަށް ސަރުކާރުން ބޯލަނބާލަނީ ކީއްވެގެންކަމާއި މެދު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސުވާލުއުފައްދަވައިފިއެވެ.
ޑރ. ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ވަނީ އިންޓަރނޭޝަނަލް ކޮންޓެއިނަރ ޓާރމިނަލް ސާވިސަސް، އިންކް، އައިސީޓީއެސްއައި އާއި އެކު އެމްއޯޔޫ އަށް ގޮސްފައިކަމަށެވެ.
އެމްއޯޔޫއަކީ، ކޮންމެ ފަރާތަކުންވެސް ފިޔަވަޅު އެޅުމާއި، ވިޔަފާރީގެ މުއާމަލާތެއް ހިންގުމާއި، ނުވަތަ އާ ޕާޓްނަރޝިޕެއް އުފެއްދުމުގެ ނިޔަތް ބަޔާންކުރާ ނޮންބައިންޑިންގ އެގްރީމަންޓެކެވެ.
ސަރުކާރުން މިވަނީ މާލޭގައި ގާއިމުކުރާ ބައިނަލްއަގްވާމީ ޕޯޓު ތަރައްގީކުރުމަށް އައިސީޓީއެސްއައި އާ ހަވާލުކުރުމަށް ނިންމާފައެވެ.
MoU with ICTSI for @Portmv port is criminal and unacceptable. Requiring up to $5 million in termination fees is a questionable business practice and an unfair contract. Why is the government bowing to a private company? The only plausible answer is backdoor kickbacks for both… pic.twitter.com/eEQfySvOiB
— Mohamed Jameel Ahmed (@MJameelAhmed) June 22, 2024
މި މަަސައްކަތް ހަވާލުކުރުމަށް އެކުލަވާލި ފަހުމުނާމާގައި ވަނީ މި ކޮންޓްރެކްޓު އުވާލެވޭ ފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ، އައިސީޓީއެސްއައިއިން ޓާމިނޭޝަން ފީގެ ގޮތުގައި ފަސް މިލިއަން ޑޮލަރާއި ހަމައަށް ދައްކަން ޖެހޭނެ ކަމަށް ބުނެފައިއެވެ.
މިކަމާއި ގުޅޭގޮތުން ޑރ. ޖަމީލު ވިދާޅުވީ، މިއީ ސުވާލު އުފެދޭ ވިޔަފާރީގެ އުސޫލެއް ކަމަށާއި އެއީ އިންސާފުވެރި ނޫން ކޮންޓްރެކްޓެއް ކަމަށެވެ.
މީގެ އިތުރުން، މިކަމާއި ގުޅިގެން ސަރުކާރަށް ކުރެވޭނެ އިންސާފުވެރިކަމަކީ ވަކޮންޓްރެކްޓު އުވާލެވެއްޖެ ހާލަތުގައި، ދެ ފަރާތަށް ވެސް ބެކްޑޯ ކިކްބެކް ދިނުން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލު އިތުރަށް ވިދާޅުވީ މިއީ މި ސަރުކާރުގެ އެއްވެސް ލަދުވެތިކަމެއް ނެތްކަން ހާމަވާ ކަމެއްކަމަށެވެ.