May 2, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

މުޒާހަރާ ކޮށްގެންވެސް ފައިސާ ހޯދުމަކީ މަސްވެރިންގެ ހައްގެއް: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Jun 24, 2024, 03:29 PM
މާލެ ސިޓީ

އައްޑޫ މަސްވެރިން ނިކުމެ, އެ އަތޮޅު ހުޅުދޫ-މީދޫގައި ހުންނަ މަސް ފެކްޓަރީ ކައިރީގައި ކުރާ އިހުތިޖާޖު ގަބޫލު ނުކުރައްވާ ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވުމާއި އެކު އޭނާ އާއި ދެކޮޅަށް މުހައްމަދު މަލީހް ޖަމާލް އެކްސްގައި ޕޯސްޓްކުރައްވައިފިއެވެ.

Advertisement

މަލީހް ވިދާޅުވެފައިވަނީ މަސްވެރިންގެ އަތުން މަސް ގަނެ އެއަށްވާ ފައިސާ ނުދީ ހިފަހައްޓަމުން ދާތީ މުޒާހަރާކޮށްގެންވެސް އެ ފައިސާ ހޯދުމަކީ މަސްވެރިންގެ ހައްގެއްކަމަށާއި ސަރުކާރުން މަސްވެރިންނަށް އެ ހައްގު އަދާކޮށްދޭން ޖެހޭނެ ކަމަށެވެ.

ރައްޔިތުން ތަމްސީލު ކުރުމަށް ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކޮށްދެއްވުމަށް ހޮވާފައި ހުރި ސަރުކާރަށް ނިސްބަތްވަ ޕާޓީގެ މެންބަރެއް މިފަދައިން މަސްވެރިން ނިކަމެތިކޮށް ފާޅުކަންބޮޑު ގޮތެއްގައި ވާހަކަ ދައްކާފައިވުމަކީ އެބޭފުޅާގެ އިޚްލާސްތެރިކަން ނެތް މިންވަރު ހާމަކޮށްދޭ ކަމެކެވެ.

ސަރުކާރުގެ މައި ޕާޓީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގައުމުގެ ވެރިމީހާ ކުރިމަތީ މިފަދައިން ވާހަކަދައްކާފައިވާއިރު، މިކަމަށް ރައީސް ހަނު ހުންނެވުމަކީ އެމަނިކުފާނުގެ އިޚްލާސްތެރިކަމާއިވެސް ސުވާލު އުފެއްދޭ ވަރުގެ ކަމެކެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ސަރުކާރުގައި ހޯއްދަވާނެ ކަމަށް ވައުދު ވެފައިވާއިރު، މަސްވެރިންނަށް ދޭން ޖެހޭ ހައްގު ފައިސާ ހޯދުމަށް ސަލާން ޖަހާ އާދޭސް ކުރުމަކީ ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއްގެ ގޮތުގައި ބުނެ ޝާހިދު ވަނީ ވާހަކަދައްކާފައެވެ.

ޒިންމާދާރު މަގާމު ތަކާއި ހަވާލުވެގެން ތިއްބެވި ބޭފުޅުން ޕޯޑިއަމްތަކަށް އަރާ މިފަދައިން ވާހަކަދައްކާ އެ ސާބިތުކޮށްދެނީ މި ގައުމުގައި ދިވެހިންނަށް ޖާގައެއް ނެތް ކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved