20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ކުރައްވަމުން އަންނަ އަބްދުއްރަހީމްގެ ތަރުޖަމާނަކީ މަޖިލިސް ނައިބު ރައީސް މުހައްމަދު ނާޒިމް ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
އަދި މިއީ ލަދުވެތިކަމެއް ކަމަށްވެސް މަލީހް ފާހަގަކުރެއްވިއެވެ.
މަލީހް މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ފްެރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މީގެ އިތުރުން މަލީހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ ފެންވަރެއް އަދުރޭގެ ކިބައިގައި ނެތް ކަމަށެވެ.
ދިވެހިންގެ ތެރޭގައި ކުންފުނިތަކާއި އެ ނޫންވެސް ޒިންމާދާރު މަގާމުތަކަށް ކުފޫ ހަމަވާ ގާބިލު ދިވެހި ދަރިން ތިއްބެވިއިރު އަދުރޭފަދަ އޮޅުވާލުމާއި ގައުމަށްވުރެ އަމިއްލަ އެދުން އިސްކުރާ ފަރާތެއް އައްޔަނުކުރުމަކީ ގައުމުގެ މިސްރާބު ނުބައިކޮށް ދާކަމުގެ ހެއްކެއް ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
މީގެ އެންމެ ބޮޑު ހެެއްކެއްގެ ގޮތުގައި މަލީހް ފާހަގަކުރެެއްވީ ޓުއަރިޒަމް މިނިސްޓަރ ކަމަށް އަދުރޭގެ ދަރިކަލުން އައްޔަނުކޮށް، އެމްޕީއެލްގެ އެމްޑީ ކަން އަދުރޭގެ އާއިލާ ބޭފުޅުންނަށް ދީ، މަޖިލިސް އަމިއްލަ ކުރުމެވެ.
އަދި މި ނޫންވެސް ސަރުކާރުގެ އިސް މަގާމުތަކަށް އަދުރޭގެ އަރިސް ބޭފުޅުންނަށް ދީފައިވާކަމަށް ފާހަގަކުރައްވާ މަލީހް ވިދާޅުވީ މި އިދާރާތައް ޖަވާބުދާރީ ކުރެވޭނެ ގޮތެއް މި ސަރުކާރުގައި ނެތް ކަމަށެވެ.
މި ސަރުކާރުން ނާގާބިލް ވެރިން ވުޒާރާތަކަށާއި ކުންފުނިތަކަށް އައްޔަންކުރެއްވުމުން މަލީހް ވިދާޅުވީ ރައީސް ޔާމީން ގެ ޒައާމަތުގައި ކުންފުނިތަކުގައި އަދި ވުޒާރާތަކުގައި ވެސް ތިއްބެވީ އިލްމީ ގާބިލް ދިވެހީންކަމަށެވެ.
އަދުރޭގެ ތަރުޖަމާނަކީ ނާޒިމް، މިއީ ލަދުވެތިކަމެއް ކަމެއް ކަމަށް މަލީހް ވިދާޅުވެއްޖެ.