March 17, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން ސަރުކާރަށް: އަޅުގަނޑުގެ އަނގަމަތީ މަލަން އެޅިއްޖެތޯ؟ ނޭޅުނު ދެއްތޯ؟ ނުވެސް ވާނެ އެކަމެއް!

Aishath Naja
އައިޝަތު ނަޖާ
Jun 25, 2024, 04:56 AM
މާލެ ސިޓީ

އެމަނިކުފާނުގެ އަނގަމަތީ މަލަން އެޅިއްޖެތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަރުގަދަ ސުވާލެއް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ސުވާލު އަމާޒުކުރައްވާފައިވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައެވެ.

އެގޮތުން އެމަނިކުފާނު ވަނީ މި ސަރުކާރުން އެމަނިކުފާނުގެ ޝަރީއަތްތަކަށް އަތްބާނާފައިވާ މިންވަރު އެމަނިކުފާނަށް އެނގިލައްވާކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވީއްލުމަށްޓަކައި އެއްްވެސް މަސައްކަތެއް ރައީސް މުއިއްޒު އަދި އަދުރޭ ނުކުރީ އެމީހުންގެ އެ ނިޔަތެއް އެންމެ ފުރަތަމަ ދުވަހުވެސް ނެތީމާކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެ ބޭފުޅުންގެ ހަގީގަތް ހާމަކޮށްދެއްވާފައެވެ.

އޭގެއިތުރުން ވެސް ރައީސް ޔާމީން ވިދާޅުވީ މިހާރު ވަޒީރުންގެ ތެރެއިން ތިއްބެވި ބޭފުޅުންގެ ތެރެއިން ވަޒީރަކު ބެންގްކޮކަށް ވަޑައިގެން އިސް ފަނޑިޔާރަކާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެއީ ކޮން ވަޒީރެއް ކަން އެމަނިކުފާނަށް އެނގިލައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހައި ކޯޓުގެ ފަނޑިޔާރަކު ބޭރުގެ ގައުމަކަށް ފޮނުވައިގެން ދޮޅުމަސް ދުވަސް ބެހެއްޓެވީ ކޮން ބޭފުޅެއްކަން ވެސް އެނގިލައްވާ ކަމަށް އެމަނިކުފާނު ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންނަށް އެނގޭ އަދި އަޅުގަނޑުމެން އެވާހަކަތައް ނުދައްކަނީ. އެމީހުންގެ ނިޔަތެއް ފެށުނުއިރުގައި ވެސް ނެތް އަޅުގަނޑު ވިއްލާކަށް. ފެށުނު އިރުވެސް ނެތް އަޅުގަނޑު ވީއްލާކަށް. އެބޭފުޅުން ތިއްބެވީ އަޅުގަނޑު ގައިދުކޮށްގެން ގެންގުޅެން. އެކަމަކު ﷲ ގެ ނިންމެވުން މިޔަށްވުރެ ވަރުގަދަ ވާނެ. ރަހީނުކޮށްގެން ގައިދުކޮށްގެން ގެންގުޅުނަސް ކިހާ ދުވަހެއްވަންދެން ގެންގުޅެވޭނެތޯ؟ އަޅުގަނޑު އަނގަމަތީ މަލަން އެޅިއްޖެތޯ؟ ނޭޅުނު ދެއްތޯ؟ ނުވެސް ވާނެ އެކަމެއް.

ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ބޭފުޅުންގެ ކަންކަން ރައްޔިތުންނާ ހަމަޔަށް ހާމަކުރެއްވުމަށް އުޅުއްވާތީ އެމަނިކުފާނުގެ އަނގަމަތީ މަލަން އެޅުމަށް މަސައްކަތްކުރެއްވި ކަމަށެވެ.

ނަމަވެސް އެކަން ކުރެއްވުމުގައި ސަރުކާރު ނާކާމިޔާބުވެއްޖެ ކަމަށާއި އެމަނިކުފާނުގެ އަނގަމަތީ މަލަން ނޭޅުއްވޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved