March 25, 2026
Advertisement
މަރިޔަމް ޝިއުނާ
މަރިޔަމް ޝިއުނާ / އެޑިޝަން.އެމްވީ

ސަރުކާރުގެ ނޭދެވޭ އަމަލުތަކުގެ ވާހަކަ ރައީސް ޔާމީން ފާހަގަކުރެއްވުމުން، ޝިއުނާ ރުޅިގަދަވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Jun 25, 2024, 07:45 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ނޭދެވޭ އަމަލުތަކުގެ ވާހަކަ ދެއްކުމުން، ސަސްޕެންޝަންގައި ހުންނެވި ޔޫތް މިނިސްޓްރީގެ ނައިބު ވަޒީރު މަރިޔަމް ޝިއުނާ ރުޅިގަދަވެއްޖެއެވެ.

Advertisement

ޝިއުނާ އޭނާގެ އެކްސްގައި ޕޯސްޓް ކުރައްވާ ރައީސް ޔާމީނަށް އިހުތިރާމް ކުޑަވާ ގޮތަކަށް ވަނީ ވާހަކަ ދައްކާފައެވެ.

ސަރުކާރު ދިފާއު ކުރުމުގެ ނަމުގައި ޝިއުނާ އަބަދުވެސް ސޯޝަލް މީޑިޔާގައި އެކި އެކި ފަރާތްތަކަށް ބަދު ބަސް ބުނެއެވެ.

އެގޮތުން ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ހަގީގަތް ހާމަކޮށްދެއްވާފައެވެ.

އަދި އޭގެއިތުރުން ރައީސް ޑރ މުއިއްޒު ހުވާ ކުރެއްވި ދުވަހު ދިދަޔާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަތަކުގައި މިއަދު އެއްވެސް އަގެއް ނެތް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކާއި އޭރު އިދިކޮޅުގައި އޮވެ ރައީސް ޔާމީންގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމަށްޓަކައި މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާރ ޕާސަން އަދުރޭ ކަންތައް ކުރެއްވި ގޮތުގެ ވާހަކަތައް ހާމަކުރެއްވުމުން ޝިއުނާ ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

އެގޮތުން އެމަނިކުފާނަށް ފާޑު ވިދާޅުވެ އެކްސްގައި ޕޯސްޓް ކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ޝިއުނާއަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved