އާޒިމާ ޝަކޫރު
ހަބަރު
އާޒިމާގެ މައްޗަށް 1.9 މިލިއަން ރުފިޔާގެ އިތުރު ދައުވާއެއް
Fathmath Reem
ފާތުމަތު ރީމް
06 ޖެނުއަރީ 2024

ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓް ގަތުމަށް ފަހުން ދައްކާ ގޮތަށް 1.96 މިލިއަން ރުފިޔާގެ ލޯނެއް ދީފައި ވީ ނަމަވެސް ދެ ފަހަރެއްގެ މަތިން ނޯޓިސް ދިނުމުން ވެސް އެ ފައިސާ ނުދައްކާ ކަމަށް ބުނެ ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައި މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތި ލައްވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އިތުރު ދައުއްވާއެއް ކޮށްފި އެވެ.

ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރު ނަގައިފައިވާ ފްލެޓް ގަތުމަށް އެތަން ހެދައިފާވާ ކުންފުނިން އޭނާއަށް ލޯނެއްގެ ގޮތުގައި 1.96 މިލިއަން ރުފިޔާ ދީފައިވާ އިރު އެ ފައިސާ ނުދައްކައިގެން ދައުވާ އުފުލައިވާކަން ހާމަވެއްޖެ އެވެ.

ފްލެޓްތައް އިމާރާތްކޮށްފައިވާ ކުންފުނި ކަމަށްވާ ޕްލެޓިނަލް ރިއަލް އެސްޓޭޓް ޑިވަލޮޕްމަންޓްއިން ސިވިލް ކޯޓަށް 2021 ވަނަ އަހަރު ވަނީ މައްސަލަ ހުށައަޅާފައެވެ.

އެގޮތުން އެ މައްސަލާގައި ބުނެފައިވަނީ އާޒިމާގެ އެދުމުގެ މަތިން ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓް ގަތުމަށް ފަހުން ދައްކާ ގޮތަށް އޭނާއަށް 1.96 މިލިއަން ރުފިޔާގެ ލޯނެއް 2016 ވަނަ އަހަރު އެ ކުންފުނިން ދީފައިވާ ކަމެވެ.

އަދި ހަމައެހެންމެ އާޒިމާ އެ ފައިސާ ދައްކަން އެއްބަސްވެފައިވާ ގޮތުގެ މަތިން ފައިސާ ނުދައްކައިގެން 2019 ވަނަ އަހަރު އަދި 2020 ވަނަ އަހަރުވެސް އެ ފައިސާ ދައްކާ ހަލާސްކުރަން އޭނާއަށް ކުންފުނިން ނޯޓިސް ފޮނުވައިފާ ވާނެ ކަމަށެވެ.

އެހެން ނަމަވެސް އެ ނޯޓިސްތައް ފޮނުވުމުން ވެސް އާޒިމާ ފައިސާ ނުދައްކާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved