March 21, 2026
Advertisement
އިލެކްޝަން ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒް
އިލެކްޝަން ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒް

ގިނަ ވަގުތު ފާއިތުވެގެން ދިޔަ އިރު ވޯޓު ލީ މީހުންގެ އަދަދު މަދު

Faina Faiz
ފައިނާ ފާއިޒް
Jan 13, 2024, 07:50 PM
މާލެ ސިޓީ

މާލޭ ސިޓީގެ މޭޔަރު އިންތިޚާބަށް ވޯޓު ލުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ހެނދުނު ހުޅުވާލެވިގެންގޮސްފައިއެވެ.

Advertisement

ހޮނިހިތު ދުވަހުގެ މެންދުރާއި ހަމައަށް ވޯޓު ލާފައި ވަނީ ހަމައެކަނި 12 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން- އީސީއިން ވަނީ ހާމަކޮށްފައި އެެވެ.

މިއީ ވޯޓުލުމުގެ ހައްގު ޖުމްލަ 56،002 މީހުންގެ ތެރެއިން ގާތްގަނޑަކަށް 6،000 ފަރުދުންނެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައި ވަނީ ޖުމްލަ ފަސް ކެންޑިޑޭޓުންނެވެ.

  1. ޝުއައިބު އަލީ، ގ. ހިޔާ، މާލެ، އަމިއްލަގޮތުން
  2. ޙުސައިން ވަހީދު، ގ. ހޭޅީ، މާލެ، އަމިއްލަގޮތުން
  3. އާއިޝަތު އާޒިމާ ޝަކޫރު، މ. އާސްތާނާ، މާލެ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
  4. އާދަމް އާޒިމް، މ. ސީނުކަރަންކާގެ، މާލެ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
  5. މުޙައްމަދު ސައިފް ފާތިހް، ހ. ހާގޯށި، މާލެ، ދަ ޑިމޮކްރެޓްސް

މި އިންތިޚާބުގެ ވޯޓުލުން ފެށިފައިވަނީ ހޮނިހިރު ދުވަހުގެ 08:00 ގައިއެވެ. އަދި ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 17:00 އާ ހަމައަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved