theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އާޒިމާގެ ޕޯސްޓަށް ޒަކިއްޔާގެ އާއިލާގެ ވަރުގަދަ ރައްދުތަކެއް! / ތޭރަގްރެފިކްސް
ހަބަރު
އާޒިމާގެ ޕޯސްޓަށް ޒަކިއްޔާގެ އާއިލާގެ ވަރުގަދަ ރައްދުތަކެއް!
01 އޯގަސްޓު 2025
މާލެ ސިޓީ

މީހަކު މަރާލާ އަމިއްލަ އަށް އިއުތިރާފުވުމުން އޮޓޮޕްސީ ހަދަންޖެހޭ ސަބަބު އާޒިމާ ސާފުކޮށްދެއްވުމުން، ބޮޑެތި ޒަކަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ. ހޮޅުދޫ / މާރަނގަ، ޒަކިއްޔާ މޫސާ މަނިކުގެ އާއިލާގެ ވަރުގަދަ ސުވާލުތަކަކާ ރައްދުތަކެއް އަމާޒުވެއްޖެއެވެ.

ލ. މާވަށުގައި ގަސްދުގައި މީހަކު މަރާލާ ފަހުން އަމިއްލަ އިއުތިރާފުން ފުލުހުންނާ ހަވާލުވެ ހަމަލާދިން ހަތިޔާރުވެސް ފުލުހުންނަށް ދެއްކި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، މަރުވި މީހާގެ ހަށިގަނޑު އޮޓޯޕްސީ ހެދުމުން ގިނަ ބަޔަކު ވަނީ އެއީ ބޭކާރުކަމެއްގެ ގޮތުގައި ސިފަކޮށް މީސް މީޑިޔާގައި ޝުއޫރު ފާޅުކޮށްފައެވެ.

އެގޮތުން "މީހާ މަރާލައި އަމިއްލަ އަށް އިޢުތިރާފުވީމާވެސް އޮޓޮޕްސީ ހަދަންޖެހެނީ ކީއްވެހެއްޔެވެ؟ ތީހުސް ބޭކާރު ޚަރަދު ނޫންހެއްޔެވެ؟ ތިވަރުނުކޮށް ނޭގެނީހެއްޔެވެ؟" މިއީ މީސް މީޑިއާގައި ތަކުރާރުވާ ވާހަކަތައް ކަމަށް އާޒިމާ އެކަމަށް ރައްދު ދެއްވާ ލިޔުއްވި ޕޯސްޓުގައިވެއެވެ. އަދި އޮޓޯޕްސީ ހެދި ހެދުން ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައިވެއެވެ.

ޖިނާޢީ މައްސަލަތަކަކީ ވަކި މިންގަޑަކަށް ސާބިތުވާންޖެހޭ މައްސަލަތަކެއް ކަމަށާއި އެއީ ޤާނޫނުއަސާސީގައި އޮންނަ އެކަށީގެންވާ ޝައްކެތްނެތް މިންވަރު ކަމަށް އާޒިމާ ވިދާޅުވިއެވެ.މަރުގެ މައްސަލަތަކުގައި ކުށްސާބިތުވާން މަރުވި ސަބަބު ސާބިތުވާން ޖެހޭކަމާ އަދި މިކަންކަން ކުރުމުގައި ހެއްކާބޭހޭ ޤާނޫނީ އުސޫލުތަކަށް ފެތެންޖެހޭ ކަމާ އެހެންކަމުން އެއީ މީހާއަމިއްލައަށް އިއުތިރާފުވެފައި، ޝަރީޢަތުގައި އިއުތިރާފުން ރުޖޫއަވީމާ، ނުވަތަ ތަހުގީގުގައި ހަނުހުރީމަ، މަރުވި ސަބަބު ސާބިތުނުވާހާ ދޯހަޅިކޮށް ކުރާކަންކަމެއް ނޫންކަމަށް ވިދާޅުވެ އާޒިމާ ވަނީ އެހެންވީމަ އޮޓޯޕްސީ ހެދުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.

އާޒިމާގެ އެ ޕޯސްޓަށް ޒަކިއްޔާގެ އާއިލާގެ ފަރާތުން ވަރުގަދަ ރައްދުތަކެއް އަމާޒުކޮށްފައިވެއެވެ. އެގޮތުން ޒަކިއްޔާގެ ދެބެންގެ ދެދަރި ކޮއްކޮ، އަދި ހޮޅުދޫ ކައުންސިލްގެ އަންހެން މެމްބަރު ހަސްމާ ރާޝިދު ވަނީ، އޮޓޯޕްސީ އެންމެ މުހިއްމީ މީހަކަށް ނުފެނި ގޮތް ނޭނގި ހިނގާ މަރުތަކުގައި ނޫންތޯއާ އެއީ ފުރަތަމަ ދަރަޖައިގެ ހެކި ނެތް ހާލަތްތަކުގައި އިތުރަށް ތަހުގީގު ކުރިއަށް ގެންދަންވެސް މަރުވި ގޮތް އެނގުން މުހިއްމުވާތީ ނޫންތޯ ސުވާލެއް އަމާޒުކޮށްފައެވެ. ނަމަވެސް މައްސަލައަކީ އެއް ގާނޫނު އަސާސީއެއްގެ ދަށުން އެއް އިދާރާއަކުން މަރުގެ "ކޯޒް އޮފް ޑެތް" ހޯދާ ހެކި އެއްކޮށް އިންވެސްޓިގޭޓް ކުރުމުގައި އެއް ހަމައެއް ނުގެން ގުޅެ އުޑާ ބިމާހާ ތަފާތު ކުރުން ކަމަށް ހަސްމާ ވިދާޅުވެފައިވެއެވެ. އެގޮތުން ފުރަތަމަ ދަރަޖައިގެ ހެކި ހުރެމެ އެއް ކޭސްގައި އޮޓޯޕްސީ ހެދިއިރު ޒަކިއްޔާ ކޭސް ތަހުގީގު ކޮށްފައިވަނީ މުޅިން އެހެން ގަނޫނު އަސާސީއަކަށް ބަލައިގެން ކަމާ މެދު ހަސްމާގެ ކޮމެންޓުގައި ސުވާލު އުފައްދާފައިވެއެވެ. ސަބަބަކީ ގުދަނެއްގެ ތެރޭ ކަރަށް ގިނަ ހަމަލަތަކެއް ލިބި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ ފެނުނު ދުވަހު އެދެންނެވި ގޮތަށް ގާނޫނީ ހަމަތަކުގެ މަތިން އެންމެ ފުން މިނަށް ފީނާ "ކޯޒް އޮފް ޑެތް" ދެނެގަތުމަށް އެ ވިދާޅުވާ މާހިރުންނަށް އޮޓޯޕްސީ ހެދުން މުހިއްމެއްނުވިކަން ފާހަގަކުރައްވާފައެވެ.

ހަމަ އެކަނި ހަށިގަޑުގެ ބޭރުން ޕެތޮލޮޖިސްޓެއް ބަލާފައި މަރުވި ގޮތް ބުނެދިނީމާ ޒަކިއްޔާގެ މައްސަަލައިގައި ފުދުނުކަން ފާހަގަކުރައްވާ ހަސްމާ ވަނީ މާވަށުގައި ހިނގާ ދިޔަ ކޭސްގައި ވެސް ޕެތޮލޮޖިސްޓަކަށް "ކޯޒް އޮފް ޑެތު" ބުނެ ނުދެވޭނީތޯ ސުވާލެއް އަމާޒެއް ކުރައްވާފައެވެ. ނުވަތަ ޒަކިއްޔާ ކޭސްގައި ހެދި ކަހަލަ ވާޗުއަލް އޮޓޯޕްސީއެއް ކަމުނުދަނީތޯވެސް ހަސްމާގެ ވަރުގަދަ ރައްދުގައި ސުވާލުކޮށްފައިވެއެވެ.

ޒަކިއްޔާ ކޭސް ފިޔަވާ އޭގެ ކުރިންނާއި ފަހުން ހިނގި ހުރިހާ ގޮތް ނޭނގޭ މަރުގެ ކޭސްތަކުގައިވެސް ވަނީ އޮޓޯޕްސީހަދާފައި ކަމަށާ ޒަކިއްޔާ ކޭސްގައި އޮޓޯޕްސީ ނެހެދުމުން އެ ޝަކުވާ ރައްޔިތުން ކުރުމުން އެދުވަހު ތަހުގީގު ކުރެއްވި އެ ދަންނަވާ ގާނޫނުތައްވެސް ދަންނަ ޕްރޮފެޝަނަލް ބޭފުޅުން ޖޯކު ޖެއްސެވީ އޮޓޯޕްސީއަކުން އިތުރަށް އެނގޭނެ ކަމެއް ނޯންނާނެއޭ ބުނެކަން ފާހަގަކުރައްވާ ހަސްމާ ވިދާޅުވީ ދެންފަހެ މިއަދު އެތައް މީހެއް ކުރިމަތީ މީހަކު މަރާލާ އަމިއްލައަށް އިއުތިރާފުވެ، ފުރަތަމަ ދަރަޖައިގެ ހެކި ހުރެމެ އޮޓޯޕްސީ އެންމެ މުހިއްމު އެއްޗެއް ކަމަށް މި ބުނަނީވެސް އެދުވަހު އޮޓޯޕްސީ މުހިއްމުނޫން ކަމަށް ނިންމާ ޒަކިއްޔާ ވަޅުލި ކަމާބެހޭ މާހިރުން ކަން ވެސް ފާހަގަކުރައްވާފައެވެ.

ޝައްކެތްނެއް މިންވަރަށް މަރު ސާބިތުކޮށްދޭންޖެހޭ ކަމަށް ގާނޫނުގައި ބުނާއިރު، ޒަކިއްޔާގެ ކޭސްގައި އޮޓޯޕްސީ ނެހެދުން އެއީ ތަހުގީގީ އިދާރާ އެ މަރުގައި ކަނޑައެޅިގެން ގަސްތުގައި އިހުމާލުވެފައިވާ މިންވަރު ސާބިތުވާ ގަރީނާއެއް ނޫންތޯއެ އަހާ ބައެއް މަރުތަކުގައި އޮޓޯޕްސީ ހަދަން ޖެހޭކަމަށް ގާނޫނީ ހަމަތަކުން އޮވެފައި އަނެއްބައި މަރުތަކުގައި އެއީ މުހިއްމު އެއްޗަކަށް ނުވާންވީ ކީއްވެތޯ ވެސް ހަސްމާގެ ކޮމެންޓުގައި ސުވާލު އަމާޒުކުރައްވާފައިވެއެވެ.

މީގެ އިތުރުން ފަންނީ ކަންކަމުގައި ޖޯކުޖަހަނީ ޖޯކު ޖެހޭހާ ދޯހަޅިކޮށް ކަމާ ބެހޭ މާހިރުން ކަންކުރައްވާތީކަމާ ގުދަނެއްގެ ތެރޭ ކަރަށް ގިނަ ހަމަލަތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ ފެނުނު ދުވަހު އެ ގޮތަށް ގަނޫނީ ހަމަތަކުގެ މަތިން އެންމެ ފުން މިނަށް ފީނާ ކޯޒް އޮފް ޑެތް ދެނެގަތުމަށް ކަމާ ގުޅުން ހުރި މާހިރުންނަށް އޮޓޯޕްސީހެދުން މުހިއްމު ނުވި ކަމަށް ވެސް ހަސްމާ ވިދާޅުވެފައިވެއެވެ. ހަމަ އެކަނި ބޭރުން ޕެތޮލޮޖިސްޓެއް ބަލާފައި މަރުވިގޮތް ބުނެދިނީމާ ފުދުނު ކަމަށާ ޒަކިއްޔާ ކޭސް ތަހުގީގު ކޮށްފައިވަނީ މުޅިން އެހެން ގާނޫނު އަސާސީއަކަށް ބަލައިގެން ތޯ ސުވާލު އުފައްދާ ހަސްމާ ވަނީ އެހެންއަހަން ޖެހުނު ސަބަބަކީ އެ ކޭސް ފިޔަވާ އޭގެ ކުރިންނާއި ފަހުން ހިނގި ހުރިހާ ގޮތް ނޭނގޭ މަރުގެ ކޭސްތަކުގައިވެސް އޮޓޯޕްސީ ހަދާފައިވާތީ ކަމަށް ހާމަކޮށްފައެވެ.

ޒަކިއްޔާ ކޭސްގައި އޮޓޯޕްސީ ނެހެދުމުން އެ ޝަކުވާ ރައްޔިތުން ކުރުމުން އެދުވަހު ތަހުގީގު ކުރެއްވި ތިޔަދަންނަވާ ގާނޫނުތައްވެސް ދަންނަ ޕްރޮފެޝަނަލް ބޭފުޅުން ޖޯކު ޖެއްސެވީ އޮޓޯޕްސީއަކުން އިތުރަށް އެނގޭނެ ކަމެއް ނޯންނާނެއޭ ބުނެކަން ވެސް ފާހަގަކުރައްވާ ހަސްމާ ވިދާޅުވީ މިއަދު އެތައް މީހެއް ކުރިމަތީ މީހަކު މަރާލާ އަމިއްލައަށް އިއުތިރާފުވުމުން އޮޓޯޕްސީ ހެދީމަ ނޫނީ ކަމެއް ނޭނގެނެ ކަމަށް އުޅުނީމާ މިވަނީ ޖޯކަކަށް ނޫން ކޮންކަމަކަށްތޯ ވެސް އަހާފައެވެ. ޝައްކެތްނެއް މިންވަރަށް މަރު ސާބިތުކޮށްދޭންޖެހޭ ކަމަށް ގާނޫނުގައި ބުނާއިރު، ޒަކިއްޔާގެ ކޭސްގައި އޮޓޯޕްސީ ނެހެދުން އެއީ ތަހުގީގީ އިދާރާ އެ މަރުގައި ކަނޑައެޅިގެން ގަސްތުގައި އިހުމާލުވެފައިވާ މިންވަރު އާޒިމާގެ ޕޯސްޓުންވެސް ސާބިތުކޮށްދޭ ކަމަށްވެސް ހަސްމާ ވަނި ވިދާޅުވެފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved