

މަސްވެރިންގެ މުޒާހަރާއާ ގުޅިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ބަންދުކުރި ދުވަސްތަކަށް މުސާރަ ނުލިބޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން އަންގައިފިއެވެ.
އޭއެފްސީގެ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ތޭރަ އޮންލައިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން އެ ފެކްޓަރީ ބަންދުކުރަން ޖެހި ތިން ދުވަސްހުގެ މަސައްކަތް ހުއްޓަލަން ޖެހުނު ކަމަށެވެ. އަދި އެ ދުވަސްތަކަށް މުވައއްޒަފުންނަށް މުސާރަ ނުހިނގާނެ ކަމަށް ކުންފުނިން އަންގާ އިންޓަނަލް މެމޯ އެއް ނެރެފައިވާ ކަަމަށްވެސް ވަނީ ބުނެފައެވެ.
މިފްކޯއިން ނެރުނު އިންޓާނަލް މެމޯގައި ބުނެފައިވާ ގޮތުގައި މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން ތަނުގެ އޮަޕަރޭޝަންސް ވަގުތީ ގޮތުން ކަނޑާލަން ޖެހުުން މަަސައްކަތަށް ބުރީ އަރާ ތަނަށް ވަންނަން ޖެހޭ ބައެއް އާމްދަނީ ނުވަނުމާ އެކު މިހާރުވެސް ކުްނފުނީގެ ހާލަތު ހުރި ގޮތުން އެ ދުވަސްތަކަށް މުވައްޒަފުންނަށްމުޒާރަ ދެވެން ނެތް ކަމަށް ހާމަކޮށްފައިވާ ކަމަށް އެ މުވައްޒަފު ވަނީ ކިޔައިދީފައެވެ.
ނަމަވެސް އޭނާ ހާމަކުރާ ގޮތުގައި އެއީ އިންސާފު ނޫން ކަމަށާ އެހެނީ ތަނުގެ އޮޕަރޭޝަންސް ހުއްޓަލީ މުވައްޒަފުންގެ މައްސަލައަކުން ނޫން ކަމަށް ވުމުން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށީގެން އައްޑޫގެ މަސްވެރިން ގެންދަނީ ހުޅުދޫގައި ހުންނަ މަސް ފެކްޓަރީ ކައިރީ ކެނޑިނޭޅި އިހުތިޖާޖު ކުރަމުންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މަސްވެރިންގެ ޑިމާންޑްތަކަށް އިޖާބަ ދިނުމުގެ ބަދަލުގައި ފުލުހުން މެދުވެރިކޮށް ސަރުކާރުން އެ ަމސްވެރިންނަށް ވަނީ އިންޒާރުދިފައެވެ.