މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިން ވެސް މުޒާހަރާކޮށްފިއެވެ.
ތޭރައޮންލައިން އަށް މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ކުޑަހުވަދޫގައި މަސްވެރިން މުޒާހަރާ ފަށާފައި ވަނީ މިއަދު ހަވީރު އެ ރަށު ބަނދަރު ސަރަހައްދުގައެވެ.
ކުޑަހުވަދޫ މަސްވެރިން މުޒާހަރާ ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ވެސް ސުލްހަވެރިކަމާއެކުގައެވެ.
އަދި މި ސުލްޙަވެރި މުޒާހަރާގާއި ކުޑަހުވަދޫގެ ގިނަ ދޯނި ފަހަރު ވަނީ ބައިވެރިވެސް ވެފައެވެ.
ރައީސް ޑރ މުޙައްމަދު މުއިއްޒު ކެމްޕޭނު ތެރޭގައި އެ ރަަށަށް ވަޑައިގެން އެ ރަށުގައި މަސް ފެކްޓަރީއެއް ޤާއިމު ކޮށްދެއްވާނެ ކަަމަށް ވިދާޅުވެފައި މަސް ފެކްޓަރީގެ މަސައްކަތް އެހެން ރަށަކަށް ބަދަލު ކުރެއްވުމުން ވެސް އެ މަސްވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އަދި މަސް ކިރުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ ވެސް އެ މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ބައެއް ދޯނިތަކަށް ދެމިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރިކަން މަސްވެރިން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް ސަރުކާރުން އަންނަނީ ފައިސާ ނުދީވެސް ފައިސާ ދޭކަމަށް ބުނެ އިތުރުފުޅުހަދަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިން އަންނަނީ ކަންބޮޑުވުންފާޅުކޮށް ފައިސާ ދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ.