މަސްވެރިން ކުރި މުޒާހަރާ ގުޅިގެން މަސް ފެކްޓަރީ ބަންދުކުރި ދުވަސްތަކަށް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭފްސީ)ގެ މުވައްޒަފުންނަށް މުސާރަ ނުލިބޭނެ ކަމަށް ބުނެ މެމޯ އެއް ނެރެފައި ނުވާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ހާމަކޮށްފިއެވެ.
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމު ސައީދު މީޑިޔާތަކަސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ މަސްވެރިންގެ މުޒާހަރާއާ ގުޅިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ބަންދުކުރި ދުވަސްތަކަށް މުސާރަ ނުލިބޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން އަންގައި ނުވާނެ ކަމަށާ އަދި އިންޓަރނަލް މެމޯއެއްވެސް ނެރެފައި ނުވާނެ ކަމަށެވެ.
ނަމަވެސް ތޭރަ އޮންލައިނަށް މައުލޫމާތު ދެމުން އޭއެފްސީގެ ސީނިއަރ މުވައްޒަފަކު ހާމަކޮށްފައިވާ ގޮތުގައި މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން އެ ފެކްޓަރީ ބަންދުކުރަން ޖެހި ތިން ދުވަސްހުގެ މަސައްކަތް ހުއްޓަލަން ޖެހުނު ކަމަށެވެ. އަދި އެ ދުވަސްތަކަށް މުވައއްޒަފުންނަށް މުސާރަ ނުހިނގާނެ ކަމަށް ކުންފުނިން އަންގާ އިންޓަނަލް މެމޯ އެއް ނެރެފައިވާ ކަަމަށްވެސް ވަނީ ބުނެފައެވެ.
މިފްކޯއިން ނެރުނު އިންޓާނަލް މެމޯގައި ބުނެފައިވާ ގޮތުގައި މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން ތަނުގެ އޮަޕަރޭޝަންސް ވަގުތީ ގޮތުން ކަނޑާލަން ޖެހުުން މަަސައްކަތަށް ބުރީ އަރާ ތަނަށް ވަންނަން ޖެހޭ ބައެއް އާމްދަނީ ނުވަނުމާ އެކު މިހާރުވެސް ކުްނފުނީގެ ހާލަތު ހުރި ގޮތުން އެ ދުވަސްތަކަށް މުވައްޒަފުންނަށްމުޒާރަ ދެވެން ނެތް ކަމަށް ހާމަކޮށްފައިވާ ކަމަށް އެ މުވައްޒަފު ވަނީ ކިޔައިދީފައެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށީގެން އައްޑޫގެ މަސްވެރިން ގެންދަނީ ހުޅުދޫގައި ހުންނަ މަސް ފެކްޓަރީ ކައިރީ ކެނޑިނޭޅި އިހުތިޖާޖު ކުރަމުންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މަސްވެރިންގެ ޑިމާންޑްތަކަށް އިޖާބަ ދިނުމުގެ ބަދަލުގައި ފުލުހުން މެދުވެރިކޮށް ސަރުކާރުން އެ މަސްވެރިންނަށް ވަނީ އިންޒާރުދިފައެވެ.