April 6, 2026
Advertisement
ޖަމީލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ
ޖަމީލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ވެރިކަން މިހާރުވެސް ހުތުރުވެއްޖެ؛ ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jun 26, 2024, 06:08 PM
މާލެ ސިޓީ

ދިވެހީންގެ ރާއްޖޭގައި ކުރަމުން އަންނަ ވެރިކަން މިހާރުވެސް ހުތުރުވެގެން ހިނގައްޖެ ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްްޖެއެވެ.

Advertisement

ޑރ. ޖަމީލު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމު. ރައީށް ޑރ. މުހައްމަދު މުއިއްޒުއާ ގާތްވުމަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި ކަމަށް ރިޕޯޓުކޮށްފައިވާ ޚަބަރެއް ހިއްސާކުރައްވާ ޑރ. ޖަމީލު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ޖަޖްމަންޓު ވަރަށް ގޯސް ކަމަށާ އެނމްެ ކައިރީގައި ހުރި މީހަކަށް އެ ކުރެއްވީ ހާދަ އާދަޔާ ޚިލާފު ތުހުމަތެއް ކަމަށެވެ.

މީގެ އިތުރުން މިއީ އަދި ފެށުމެއްކަމަށާ ލައްކަ ކަމެއް މި ވެރިކަމުގެ ތެރެއިން ތިލަވާނެ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ. އަދި ވެރިކަން ހޯދަން ޖަޑިބު ހެދިގެން އުޅުނު މީހުން އެންމެ ފުރަތަމަ މަޅިއަކަށް މެހިގެން ދިޔަ މަންޒަރު ފެނިއްޖެ ކަމަށާ ކަޅުދަބަސްތައް އުފުލި ކުދިންނަށް މިއީ ބިރުވެރި އިންޒާރެއް ކަމަށްވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved