މާލޭ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއް އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަޑިއަށް ގޮސްފައިވަނީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައިވާ ދޯންޏެކެވެ.
އެ ދޯނި އަޑިއަށް ގޮސްގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް ލިބުމާއެކު މާލޭ ފަޔަ ސްޓޭޝަނުގެ ފަޔަށް ފައިޓަރުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
އެ މަސައްކަތުގެ ތެރެއިން އަމިއްލަ ފަރާތެއްގެ ކެރޭނެއްގެ އެހީގައި އަޑިއަށް ދިޔަ ދޯނި ފެންމަތިކޮށް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ޕަމްޕް ބޭނުން ކޮށްގެން އެ ދޯނީގައި ބޮޑުވެފައި އޮތް ދިޔަގަނޑު އެއްކޮށް ހިއްކާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފް ވަނީ ބުނެފައެވެ.