
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ފަހަތުން ދުވަން ފެށިއްޖެކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ހުރީ ހުރިތަނުގައިކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ ރައީސް މުއިއްޒު އިންތިޚާބުގެ ދުވަސްވަރު އަދި ވެރިކަމަށް އަރާވަޑައިގަތުމަށް ފަހު ވެލެއްވި ވައުތައްމަތިން ހަނދުމަފުޅު ކުރައްވާފައިއެވެ.
މަލީހުގެ ޕޯސްޓުގައި ވަނީ ރައީސް ކުރައްވަން ވިދާޅުވި ނަމަވެސް މިހާތަނަށް ނުވެ ހުރި ކަންތަކުގެ ލިސްޓެއް ހިއްސާކުރައްވާފައިއެވެ.
އެގޮތުން:
މިއީ މަލީހުގެ ޕޯސްޓުގައި މި ސަރުކާރާއި ގުޅިގެން ލިސްޓު ކުރައްވާފައިވާ ކަންތައްތަކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެއްދެވި ކަމަށް ތުހުމަތުކޮށް ވަނީ ސްޓޭޓް މިނިސްޓަރެއް ހައްޔަރު ކޮށްފައެވެ.
މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންނާއި ސިޔާސީ ލީޑަރުން އަންނަނީ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.










